04 ޑިސެމްބަރ 2020
މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ގެންދާ ކޯސްތަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ.
ޕޮލިޓެކްނިކްގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ތަނުގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ އާ އިންޓޭކުގައި ހަ ދާއިރާއަކުން 34 ޕްރޮގްރާމެއް ފަށާނެ ކަމަށެވެ. މާލޭ އިތުރުން ގއ. ވިލިނގިއްޔާއި ރ. އަލިފުއްޓާއި ގދ. ގައްދޫގެ އިތުރުން އައްޑޫ ވެސް ޕޮލިޓެކްނިކްގެ ކޯސްތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހު ފަށާ އިންޓޭކުން 1،500 އާ ގާތްކުރާ އަދަދަކުން ދަރިވަރުންނަށް ހުޅުވާލާނެ އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕޮލިޓެކްނިކްގެ ހުރިހާ ކޯހެއް ވެސް ކުރިއަށް ގެންދަނީ ހިލެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ތަމްރީނު ލިބިފައިވާ މީހުން ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ދޫކޮށް އެ މީހުންގެ ގައުމަށް ގޮސްފައިވާ ކަމަށެވެ. އެއާއެކު ވަޒީފާގެ ބާޒާރަށް ގިނަ ދިވެހިން ނެރެން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ "ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް" ގެ ނަމުގައި ވަޒީފާގެ ބާޒާރަށް 1،200 ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފަ އެވެ. ވޯލްޑް ބޭންކުގެ އެހީގައި ގެންދާ ޕްރޮގްރާމުގައި ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން އަދި އައިސީޓީ ދާއިރާއިން މީހުން ތަމްރީނު ކުރާނެ އެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރަށް އެ ޕްރޮގްރާމް ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ.
ޕޮލިޓެކްނިކުން ގެންދާ ކޯސްތަކުގެ ތެރޭގައި، ސްމޯލް ބިޒްނަސް މެނޭޖްމަންޓް، މެރިން އިންޖީނިއަރިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ބޯޓް ބިލްޑިން އަދި ވުޑް ކާވިން ހިމެނެ އެވެ.
ކޮންމެ އޮފީހަކަށް އިންސްޓިޓިއުޓެއް! މިކަން ރަނގަޅުތަ؟
ޓްރެކްޓާސް ސިންގަޕޫރުގެ ކޯހެއް ޕޮލީޓެކްނިކްގައި ހިންގަނީ
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޕައިލެޓްކަން ކިޔަވަން ބޭނުންވަނީ ބޭރުގެ ވަޒީފާއަށް ދާން
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
މަތީ ތައުލީމަށް 700 އެއްހާ މިލިއަން ރުފިޔާ
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ހަދަން ސޮއިކޮށްފި
"ހިލޭ ޑިގްރީ ރަނގަޅު، އެކަމަކު ބަދަލުތަކެއް ބޭނުން"