05 ޑިސެމްބަރ 2020
އިންޑިއާގެ ރަށްފުށުގެ އަންހެން ކުދިންނަށް ތައުލީމު ދޭން ކުރާ މަސައްކަތުގެ ސަބަބުން މި އަހަރުގެ ގްލޯބަލް ޓީޗާ ޕްރައިޒް ލިބުނު ރަންޖީތުސިންހް ދިސާލޭ އޭނާ އަށް ލިބުނު އެއް މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއް ބައި އެ އެވޯޑަށް ވާދަކުރި އެހެން ބައެއް ޓީޗަރުންނަށް ބަހާލައިފި އެވެ.
އިންޑިއާގެ ރަށްފުށުގެ އަންހެން ކުދިންނަށް ތައުލީމު ދޭން ކުރާ މަސައްކަތުގެ ސަބަބުން މި އަހަރުގެ ގްލޯބަލް ޓީޗާ ޕްރައިޒް ލިބުނު ރަންޖީތުސިންހް ދިސާލޭ އޭނާ އަށް ލިބުނު އެއް މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއް ބައި އެ އެވޯޑަށް ވާދަކުރި އެހެން ބައެއް ޓީޗަރުންނަށް ބަހާލައިފި އެވެ.
ދިސާލޭ އަކީ މަހާރަޝްތުރާ ސްޓޭޓްގެ ޕަރިތެވާޅީ އަވަށުގެ ޒިލާ ޕަރީޝާދު ޕްރައިމީ ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެކެވެ.
އުމުރުން 32 އަހަރުގެ ޓީޗަރަށް މި އަހަރުގެ ގްބޯލް ޓީޗާ ޕްރައިޒް ލިބުނީ ދުނިޔޭގެ އެކި ހިސާބުތަކުން ނޮމިނޭޓްކުރި 12،000 ޓީޗަރުންގެ ތެރެއިން ގަދަ 10 އަށް ޝޯޓްލިސްޓްވި ޓީޗަރުންނާ ވާދަކޮށެވެ.
ދިސާލޭ ބުނީ އޭނާ އަކީ އަބަދު ވެސް ލިބިފައި ހުރި ތައުލީމު އެހެން މީހުންނަށް ފޯރުކޮށްދޭން ލޯބިކުރާ މީހެއް ކަމަށެވެ. އެހެންވެ އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ އަންހެން ކުދިންނަކީ ކިޔަވައިގެން ތަންދޮރު ފިލާފައި ތިބޭ ބަޔަކަށް ހަދަން ކަމަށް ބުންޏެވެ.
Wow! Here’s THE MOMENT Stephen Fry announced Ranjitsinh Disale as the Winner of The Global Teacher Prize 2020! Congratulations Ranjit! Watch here: https://t.co/9t5GXaIJ58 @ranjitdisale @stephenfry #GTP2020 #TeachersMatter #globalteacherprize #India @NHM_London @UNESCO pic.twitter.com/eQjSosGQwY
— Global Teacher Prize (@TeacherPrize) December 3, 2020
"ތައުލީމަކީ އަސާސީ ހައްގެއް. އަދި މިއި ވަކި ޖިންސަކަށް ހާއްސަ ކަމެއް ވެސް ނޫން. އަބަދު ވެސް އަހަރެން ގަބޫލުކުރަނީ ރަނގަޅު، ހޭލުންތެރި މުޖުތަމައެއް ބިނާކުރެވޭނީ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދީގެންކަން،" ދިސާލޭ ބުންޏެވެ. "އެކަމަކު އަހަރެމެންގެ ތެރޭގައި ޒަމާނުއްސުރެ ހަރުލާފައި އޮތް ސަގާފާތަކީ އަންހެން ކުދިން ތައުލީމުން މަހުރޫމުކޮށް ހަގު އުމުރުގައި ކައިވެނިކުރަން ޖެހޭ ބަޔަކަށް ހެދުން."
އޭނާ ބުނި ގޮތުގައި އަންހެން ކުދިންނަށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އެހެންވެ މުހިއްމީ އަންހެން ކުދިން މަތީ ނަތީޖާތައް ހޯދަން ޕްރެޝަރުކުރުމުގެ ބަދަލުގައި ކޮންމެ އަންހެން ކުއްޖަކީ ތައުލީމުގެ ފުރުސަތު ލިބޭ ކުއްޖެއްކަން ކަށަވަރުކުރުން ކަމަށް ބުންޏެވެ.
Ranjitsinh Disale, the winner of the Global Teacher Prize 2020. @ranjitdisale. You can watch the whole ceremony here: https://t.co/eT9lTYIsgt #GTP2020 #globalteacherprize #TeachersMatter #India pic.twitter.com/0uWLPcky2H
— Global Teacher Prize (@TeacherPrize) December 3, 2020
ދިސާލޭ ބުނި ގޮތުގައި ކޮންމެ މުޖުތަމައެއްގައި ވެސް ޓީޗަރުންނަކީ ވަރަށް އަގުހުރި މަސައްކަތެއް ކުރާ ބައެކެވެ. މުޖުތަމައެއް، ގައުމެއް ޓީޗަރުންނާ ނުލައި ބިނާނުކުރެވޭނެ ކަމަށާއި ލިބުނު އިނާމަކީ ހުރިހާ ޓީޗަރުންނަށް ވެސް ހައްގު އެއްޗެއް ކަމަށް ކަމަށް ބުންޏެވެ.
އެހެންވެ ދިސާލޭ ނިންމީ އޭނާ އަށް ލިބުނު 1،000،000 ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި މި އަހަރުގެ ގްލޯބަލް ޓީޗާ ޕްރައިޒްގެ ގަދަ 10 އަށް ވާދަކުރި އަނެއް ނުވަ ޓީޗަރުންގެ މެދުގައި ބަހާލާށެވެ.
އިނގިރޭސިވިލާތުގެ ވާކީ ފައުންޑޭޝަނުން 2015 އިން ފެށިގެން ދެމުން އަންނަ ގްލޯބަލް ޓީޗާ ޕްރައިޒަކީ ތައުލީމީ ދާއިރާ އަށް އަގުހުރި ހިދުމަތްކުރާ ޓީޗަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑް ހަފުލާގައި ވަނީ ކޮވިޑް ހީރޯ ޕްރައިޒްގެ ނަމުގައި ވެސް ހާއްސަ އެވޯޑެއް ދީފަ އެވެ. އެ އެވޯޑް ލިބުނީ އޮންލައިންކޮށް ހިސާބު ކިޔަވައިދޭ އިނގިރޭސިވިލާތުގެ ޓީޗަރު ޖެމީ ފްރޮސްޓަށެވެ.
މިދިޔަ އަހަރު ގްލޯބަލް ޓީޗާ ޕްރައިޒް ލިބުނީ ފަގީރު އާއިލާތަކުގެ ކުދިންގެ ކިޔެވުމަށް، މަހު މުސާރައިގެ 80 ޕަސެންޓް ކޮންމެ މަހަކު ވެސް ހަދިޔާކުރަމުން ދިޔަ ކެންޔާގެ ޓީޗަރަކަށެވެ. އެއީ ހިސާބާއި ފިޒިކްސް ކިޔައިވައިދޭ ޕީޓާ ތަބީޗީ އެވެ.
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު
ހިސާބު ކިޔަވައިދިނުމުގައި ބައި ގަރުނު، ހޯމްވޯކާ ދެކޮޅު
"އިންޑިއާ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން"
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް
އިންޑިއާގައި އެއް ޓީޗަރަކު 25 ސްކޫލްގައި!
ކެމްބްރިޖްގެ ކިޔެވުން އަހަރު ވަންދެން އޮންލައިންކޮށް
ޓީޗަރުން ހޯދުމުގެ ކަންކަން އިންޑިއާގެ ކުންފުންޏަކަށް
އިންޑިއާގައި ޓީޗަރަކު ނެށުމުން ބޮޑު މައްސަލައަކަށް
ބެންގަލޫރުގެ ސްކޫލަކަށް ރޮބޮޓް ޓީޗަރެއް