Roadha Mihaaru
އިންޑިއާގައި އެއް ޓީޗަރަކު 25 ސްކޫލްގައި!

އިންޑިއާގައި ޓީޗަރަކު އެއްފަހަރާ 25 ސްކޫލްގައި ވަޒީފާ އަދާކޮށްފި

07 ޖޫން 2020

އިންޑިއާގައި ޓީޗަރަކު އެތައް މަހެއް ވަންދެން 25 ސްކޫލެއްގައި އެއް ވަގުތެއްގައި ކިޔަވައިދެމުން ދިޔަ މައްސަލައެއް ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ޓީޗަރަކު އެތައް މަހެއް ވަންދެން 25 ސްކޫލެއްގައި އެއް ވަގުތެއްގައި ކިޔަވައިދެމުން ދިޔަ މައްސަލައެއް ބަލަން ފަށައިފި އެވެ.

މި އަންހެން ޓީޗަރަކު ވަނީ މިގޮތަށް މަަސައްކަތްކޮށްގެން އެއް ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފަ އެވެ.

މީޑިއާތަކުން ބުނިގޮތުގައި އުއްތަރު ޕްރަދޭޝް (ޔޫޕީ) ގައި ސަރުކާރުން ހިންގާ އަންހެން ކުދިންގެ ކަސްތޫރުބާ ގާންދީ ބަލިކާ ވިޑާލަޔާ (ކޭޖީބީވީ) ސްކޫލްގައި ފުލްޓައިމް ސައިންސް ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އަނާމިކާ ޝުކްލާ ކިޔާ ޓީޗަރު ވަނީ 25 ގައި ސްކޫލެއްގައި އެކު އެކީގައި މަސައްކަތްކޮށްފަ އެވެ.

އެގޮތުން އަމްބޭދުކަރް ނަގަރާއި ބަގްބަތާއި އަލީގަޅާއި ޝަރަހަމްޕޫރާއި ޕްރިއަގްރާޖް ޑިސްޓްރިކް ފަދަ ތަންތަނުގެ ޕްރައިމަރީ ސްކޫލްތަކުގައި އޭނާ ވަޒީފާ އަދާކުރަމުން ގެންދިޔަ އެވެ.

މި މައްސަލަ ފަޅާއެރީ "މާނާވް ސަމްޕާޅާ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޯޓަލްއަކަށް ޓީޗަރުންނާ ބެހޭ ޑިޖިޓަލް ޑޭޓާބޭސްއަކަށް މައުލޫމާތު އެއްކުރުމުގެ ތެރޭގަ އެވެ. އެގޮތުން 25 ސްކޫލަކުން ހިއްސާކުރި ޓީޗަރުންނާ ބެހޭ ވަނަވަރުގެ ތެރޭގައި އެއް މައުލޫމާތުތަކެއް އަނާމިކާ ޝުކްލާ ކިޔާ ޓީޗަރެއްގެ ނަމުގައި ހުރެގެން އިތުރަށް ސާފުކުރި އިރު، 25 ސްކޫލުން ވެސް ދިން މައުލޫމާތުތަކުން އެނގުނީ އެ މީހަކީ އެކަކުކަމެވެ.

މި މައްސަލައާ ބެހޭ ގޮތުން ޔޫޕީގެ ޑިރެކްޓަރު ޖެނެރަލް އޮފް ސްކޫލްގެ އެޑިއުކޭޝަން ވިޖޭ ކިރަން އާނަންދު ވިދާޅުވީ އެއްފަހަރާ 25 ސްކޫލެއްގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދަމުން ދިޔަ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ

ވިޖޭ ވިދާޅުވި ގޮތުގައި ޓީޗަރެއްގެ މިފަދަ މައްސަލައެއް ފަޅާއެރީ ޓީޗަރުންގެ ކަންކަން މޮނިޓަކުރަމުން ވެސް ދަނިކޮށެވެ. އެހެންވެ އަނާމިކާގެ އޮޅުވައިލުމުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

މީޑިއާތަކުން ބުނިގޮތުގައި މަނިޕޫރަށް ނިސްބަތްވާ އަނާމިކާ ކިޔަވައިދެމުން ދިޔަ ސްކޫލްތަކުން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އެއް ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައިވެ އެވެ. އަދި ސްކޫލްތަކުން ވަޒީފާ ހޯދުމުގައި ފޯޖްކޮށްފައިވާ ލިޔެކިޔުންތަކެއް ވެސް އޭނާ ބޭނުންކޮށްފައިވާ ކަމަށްވެ އެވެ.