Roadha Mihaaru
ކެމްބްރިޖްގެ ކިޔެވުން އަހަރު ވަންދެން އޮންލައިންކޮށް

ކެމްބްރިޖް ޔުނިވަސިޓީގެ ކިޔެވުން އަންނަ އަހަރުގެ އެޕްރީލާ ހަމައަށް އޮންލައިންކޮށް

21 މެއި 2020

ކޮރޯނާވައިރަހުގެ ސަބަބުން ޔުނިވަސިޓީ ހުޅުވައި ކުރިއެކޭ އެއްގޮތަށް ކިޔަވައިދެވެން ނެތުމުން އަންނަ އަހަރުގެ އެޕްރީލް މަހާ ހަމަ އަށް އެމެރިކާގެ ކެމްބްރިޖް ޔުނިވަސިޓީގެ ހުރިހާ ކެމްޕަހެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ސަބަބުން ޔުނިވަސިޓީ ހުޅުވައި ކުރިއެކޭ އެއްގޮތަށް ކިޔަވައިދެވެން ނެތުމުން އަންނަ އަހަރުގެ އެޕްރީލް މަހާ ހަމަ އަށް އެމެރިކާގެ ކެމްބްރިޖް ޔުނިވަސިޓީގެ ހުރިހާ ކެމްޕަހެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އާ އެކު ސޯޝަލް ޑިސްޓޭންސިން އަށް މިހާރު ވަރަށް ބޮޑަށް ތަބާވާން ޖެހޭ ކަމަށެވެ. ނަމަވެސް އިންތިޒާމުތައް މިހާރު ހުރި ގޮތުން ދަރިވަރުން ޔުނިވަސިޓީ އަށް ގޮސް ކިޔެވޭނެ ގޮތެއް ނެތް ކަމަށް ބުންޏެވެ. އެހެންވެ ހުރިހާ ކްލާސްތަކެއް ނަގައިދޭނީ އޮންލައިންކޮށް ކަމަށް ބުންޏެވެ.

ކެމްބްރިޖުން ބުނީ މިގޮތަށް ހަމަޖެއްސި ނަމަވެސް ކުދިކުދި ގްރޫޕްތަކަށް އިނގިރޭސިވިލާތުން އެކުލަވާލައިވާ ސޯޝަލް ޑިސްޓޭންސިންގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެވޭނެކަމުގެ ޔަގީންކަން އޮތް ނަމަ، ޔުނިވަސިޓީގެ ކެމްޕަސްތަކުގައި ވެސް ކްލާސްތައް ނެގިދާނެ ކަމަށް ބުންޏެވެ. ނަމަވެސް މި ވަގުތު އެންމެ ރައްކާތެރި ގޮތަކީ އޮންލައިންކޮށް ކިޔެވުން ކަމަށް ބުންޏެވެ.

"މިކަން އަހަރެމެން އިތުރަށް މި އަންނަނީ ރިވިއުކުރަމުން. އަދި ހާލަތަށް އަންނަ ހެޔޮ ބަދަލުތަކާ އެކު ކިޔައިވައި ދިނުމުގެ ނިޒާމަށް ގެންނަ ބަދަލުތައް ހިއްސާކުރަމުން ގެންދާނަން،" ކެމްބްރިޖުން ބުންޏެވެ.

ކޮރޯނާވައިރަހާ ދިމާކޮށް ވަރަށް ގިނަ ޔުނިވަސިޓީތަކުން މިހާރު ކިޔަވައިދެނީ އޮންލައިންކޮށެވެ. އަދި މިގޮތަށް ކިޔަވައި ދިނަސް ކޯސްތަކަށް ނަފާ ފީއަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގައި ކިޔަވާ ކުދިންގެ އަދަދު 23،000 އަށް ވުރެ ގިނަ އެވެ.