03 ޑިސެމްބަރ 2020
ސްރީ ލަންކާގެ ކައިރީގައި މިހާރު އުފެދިފައިވާ ތޫފާން، "ބުރެވީ"ގައި ޖެހި، މިސްރާބު އޮޅިގެން އެ ގައުމުގެ ދެ މަސް ބޯޓެއް ރާއްޖެ ސަރަހައްދަށް މިއަދު ވަދެއްޖެ އެވެ.
ސްރީ ލަންކާގެ ކައިރީގައި މިހާރު އުފެދިފައިވާ ތޫފާން، "ބުރެވީ"ގައި ޖެހި، މިސްރާބު އޮޅިގެން އެ ގައުމުގެ ދެ މަސް ބޯޓެއް ރާއްޖެ ސަރަހައްދަށް މިއަދު ވަދެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ހެނދުނު އެ ދެ ބޯޓު ވެސް ފެނުނީ ހދ. ކުމުންދޫ ކައިރިން ކަމަށެވެ. ބޯޓު ފެނުމާއެކު ދިވެހި މަސް ދޯންޏަކުން އެކަން ވަނީ ސިފައިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސިފައިންގެ އެހީތެރިކަމާއެކު އެ ދެ ބޯޓު މިހާރު އެ އަތޮޅު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެ ބޯޓުގައި މީހުން ތިބި އަދަދާއި އެ މީހުންގެ ހާލާ ގުޅޭ ތަފްސީލެއް ސިފައިން އަދި ނުދެ އެވެ.
"ބުރެވި" ތޫފާނާއި ރާއްޖޭގެ ދެކުނު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓު)ން ވަނީ ބުނެފަ އެވެ. އެހެންވެ، ކަނޑުދަތުރުތައް ކުރުން މި ވަގުތު ރައްކާތެރި ނޫން ކަމަށް މެޓުން ވަނީ އަންގައިފަ އެވެ. ތޫފާން މިހާރު ރާއްޖެއާ ދުރަށް ދަތުރުކުރި ނަމަވެސް، އަދިވެސް ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިގެން ހޯދަން ފަށައިފި
ކަނޑު ގަދަވެ، ރާޅުތައް ބޮޑުވާނެތީ އިންޒާރެއް
މާދަމާ މިއަށް ވުރެ ބޮޑަށް ވިއްސާރަކުރުން ކައިރި: މެޓް
ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އެދިއްޖެ
ތިލަފުށި ކައިރިން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
ވެސްޓް ޕާކް ތޮށިގަނޑަށް ދޯންޏެއް އަރައިފި
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
ބޯކޮށް ވާރޭވެހި މާލެ ފެނުއަޑީގައި
ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ