Roadha Mihaaru
ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އެދިއްޖެ

ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އެދިއްޖެ

22 ސެޕްޓެމްބަރ 2020

ރާއްޖެ އަށް މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އެދިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އަށް މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އެދިއްޖެ އެވެ.

ވޭތުވެ ދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިއަދު ހެނދުނުން ފެށިގެން މާލެއަށް ވެސް އަންނަނީ ދޭތެރެދޭތެރެއިން ވާރޭ ވެހެމުންނެވެ.

އެމްއެންޑީއެފް އިން މިރޭ ކުރި ޓްވީޓެއް

ދަތުރުކުރުމުގައި ސަމާލުވާން އެމްއެންޑީއެފުން އެދުނުއިރު، ކަނޑުމަތީގެ ދެ ހާދިސާއެއް މިއަދު ވަނީ ހިނގައިފަ އެވެ. އެ ތަނުން ބުނީ 26 މީހުންނާ އެކު ދަތުރުކުރި އެމްޓީސީސީގެ "ކަޅިހި" ލޯންޗު، ކ. ކޮށްދިއްޕަރު ކައިރީ އޮތް ފަރަކަށް އަރާފައިވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ. އަދި އދ. ހިންފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި "ސޮވެނިއާ-17" ލޯންޗު، އެ އަތޮޅު ވެލަސަރު ރިސޯޓުގެ ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓު ވެސް މިރޭ 7:30 ކަން ހާ އިރު ލިބުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، މެދު ރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ. އެ އަތޮޅުތަކަށް ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް ބުނެ މިރޭ ދަންވަރު 2:00 ގެ ނިޔަލަށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު އެލާޓް ވެސް ނެރެފަ އެވެ.