Roadha Mihaaru
ކަވާނީއާ ދެކޮޅަށް ނުކުންނަން ޖެހިލުންވޭ: ޓުޗެލް

ކަވާނީއާ ދެކޮޅަށް ނުކުންނަން ޖެހިލުންވޭ: ޓުޗެލް

02 ޑިސެމްބަރ 2020

މެންޗެސްޓާ (ޑިސެމްބަރު 2) - ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭއިރު ޖެހިލުންވާ އެއް ކަމަކީ އެ ޓީމުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީއާ ދެކޮޅަށް ނުކުންނަންޖެހުން ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މެންޗެސްޓާ (ޑިސެމްބަރު 2) - ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭއިރު ޖެހިލުންވާ އެއް ކަމަކީ އެ ޓީމުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީއާ ދެކޮޅަށް ނުކުންނަންޖެހުން ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ކަވާނީ ވަނީ 2013 އިން 2020 އާ ހަމައަށް ޕީއެސްޖީ އަށް ކުޅެ އެ ޓީމަށް 200 ގޯލު ޖަހައިދީފަ އެވެ. ކަވާނީ އާއި ޓުޗެލް އެކު ޕީއެސްޖީގައި ދެ ސީޒަން ހޭދަކުރި އެވެ. ޗެމްޕިއަންސް ލީގުގައި މި ފަހަރު ޕީއެސްޖީ ދަނޑުގައި ޔުނައިޓެޑް މޮޅުވި މެޗުގައި އޭރު ކަވާނީ ޓީމާ އެކު ޕްރެކްޓިސް ނުކުރާތީ ނުކުޅެ އެވެ. އެކަމަކު މިރޭ ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗުގައި ޕީއެސްޖީއާ ދެކޮޅަށް ކަވާނީ ނުކުންނާނެ އެވެ.

"ސްޓްރައިކަރެއްގެ ކޮލިޓީ އަށް ބަލާއިރު ކަވާނީ އަކީ އެންމެ މަތި. ފިިޒިކަލީ ބެލިޔަސް އެހެން ގޮތަކުން ބެލިޔަސް ޓީމަށް ޓަަކައި އޭނަ މޮޅަށް ކުޅޭނެ. ކަވާނީއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ކޮންމެ ޓީމެއް ވެސް ވިސްނާނެ އަދި ކަންބޮޑުވާނެ ކަމެއް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުންޏެވެ.

"ކަވާނީ އަށް ބަރޯސާވެވިދާނެ. އޭނަގެ ކުޅެން ބޭނުންވަ މިންވަރު ހުރިހާ ވެސް ކަމަކީ. ދުވަހުގެ 24 ގަޑިއިރުގެ ތެރެއިން ކޮންމެ އިރަކު ބުންޏަސް ފުޓްބޯޅަ އަށް ހުންނާނީ ތައްޔާރަށް،"

އުމުރުން 33 އަހަރުގެ ކަވާނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު މެޗުތަކުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ރަށުންބޭރުގައި ފަހަތުން އަރައި 3-2 އިން ސައުތެމްޓަން ބަލިކުރިއިރު މެޗު ބަދަލުކޮށްލުމުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ކަވާނީ މުހިއްމު ރޯލެއް ކުޅުނެވެ. ދެ ގޯލު ޖެހުމުގެ އިތުރުން އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

"އަހަރެން އެދެނީ ސައުތެމްޓަން މެޗުގައި އެ ވީ ގޮތް. ކަވާނީގެ އެ ކުޅުން ޕީއެސްޖީ މެޗުގައި ނުފެނުން،" ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ޔުނައިޓެޑް ދަނޑުގައި މިރޭ ކުޅޭ މެޗުން މޮޅުވުމަކީ ލީގުގެ އަނެއް ބުރަށް ދާން ޕީއެސްޖީން ނަތީޖާ ނެރުން މުހިއްމު މެޗެކެވެ. ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު އެ ގްރޫޕްގެ އެއް ވަނައިގައި މި ވަގުތު ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.