03 ނޮވެމްބަރ 2016
ކަރާޗީ (ނޮވެމްބަރު 3) - ޕާކިސްތާނުގެ ދެކުނުގެ ކަރާޗީގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކަރާޗީ (ނޮވެމްބަރު 3) - ޕާކިސްތާނުގެ ދެކުނުގެ ކަރާޗީގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކަރާޗީގެ ގުއައިދުއާބާދުގެ ރޭލް ސްޓޭޝަނުގައި ޕާކުކޮށްފައި އޮތް ރޭލަކަށް ވަނީ ބާރު ސްޕީޑުގައި ދަތުރުކޮށްފައި ދިޔަ ރޭލެއް އަރައިފަ އެވެ. ރޭލުގެ ހަލާކުވެފައިވާ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ނެރުމަށް ދަނީ ކްރޭން ބޭނުން ކުރަމުންނެވެ. އޭއެފްޕީގެ ނޫސްވެރިއަކު ބުނީ ރޭލުން މީހުން ސަލާމަތް ކުރުމަށް ދަނީ ފުލުހުންނާއި ސިފައިން ވެސް ބައިވެރިވަމުންނެވެ. އެއް ރޭލުގެ އިންޖީނު ވެސް ވަނީ ހަލާކުވެފަ އެވެ. ނަމަވެސް ރޭލަށް ލިބުނު އެހެން ގެއްލުންތަކުގެ ތަފްސީލް އަދި އެނގޭވަރެއް ނޫނެވެ.
ކަރާޗީގެ އިދާރީ އޮފިޝަލަކު ބުނީ އެކްސިޑެންޓްވި އިރު ދެ ރޭލުގައި 1،000 އަށް ވުރެ ގިނަ ޕަސިންޖަރުން ތިބި ކަމަށްވެ އެވެ.
"އެކްސިޑެންޓްވި އިރު ދެ ރޭލުގައި 1،000 މީހުން ތިބި. ގެއްލުން ލިބުނު މީހުންގ އަދަދު އަދި މުޅިން ސާފެއް ނުވޭ،" ކަރާޗީގެ ކޯޑިނޭޓަރެއް ކަމަށްވާ ނާސިރު ނަޒީރު ވިދާޅުވި އެވެ.
ކަރާޗީގެ ޖިނާހު ހޮސްޕިޓަލުގެ ތަރުޖަމާން ސީމާ ޖަމާލީ ވިދާޅުވީ އެކްސިޑެންޓުގައި 17 މީހުން މަރުވި ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ކަރާޗީގައި ރޭލުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. މިއީ ކަރާޗީގައި މި އަހަރު ހިނގި ދެ ވަނަ ރޭލް އެކްސިޑެންޓެވެ. ފެބްރުއަރީ މަހު ހިނގި ރޭލް އެކްސިޑެންޓެއްގައި ވަނީ އަށް މީހުން މަރުވެފަ އެވެ.
ކަރާޗީގެ މޭޔަރުގެ މަގާމަށް ހޮވީ "ގައިދީއެއް"
ޕާކިސްތާނުގެ ރޭލު އެކްސިޑެންޓެއްގައި 30 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައިއޮތީ ޖަންގަލީގެ ގާނޫނުތޯ ސުވާލުއުފައްދައިފި
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ޕާކިސްތާނުގައި ދެ ރޭލު މުޑިއަރައި 32 މަރު
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި
ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި
ފެނުނު އެއްޗަކީ ހަމައެކަނި އަލިފާން: ސަލާމަތްވި މީހެއް
ޕާކިސްތާނުގެ ބޯޓެއް އިމާރާތްތަކެއްގެ މައްޗަށް ވެއްޓިއްޖެ
ޕާކިސްތާނުގެ ޕަސިންޖާ ރޭލެއްގައި ރޯވެ 65 މީހުން މަރު