07 އޯގަސްޓް 2023
ކަރާޗީ (އޯގަސްޓް 7) - ޕާކިސްތާނުގެ ދެކުނު ސަރަހައްދުގައި ދަތުރުކުރި ރޭލެއް އޭގެ ދަގަނޑުން ކައްސައިލުމުގެ ސަބަބުން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަދުވެގެން 30 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ކަރާޗީ (އޯގަސްޓް 7) - ޕާކިސްތާނުގެ ދެކުނު ސަރަހައްދުގައި ދަތުރުކުރި ރޭލެއް އޭގެ ދަގަނޑުން ކައްސައިލުމުގެ ސަބަބުން އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަދުވެގެން 30 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ސިންދު ޕްރޮވިންސްގައި ހިނގި މި ހާދިސާގައި ދަގަނޑުމަތިން ކައްސައިލީ ހަޒާރާ އެކްސްޕްރެސްގެ ރޭލެކެވެ. މި ހާދިސާ ހިނގި އިރު އެ ރޭލުގައި މަދުވެގެން ހާހެއްހާ މީހުން ދަތުރުކުރި ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެ އެވެ.
ދަގަނޑުމަތިން ކައްސާލައިގެ ރޭލުގެ އެކި ބައިތައް ވެލިގަނޑު މައްޗަށް ފޭބުމާއެކު، ރޭލުގެ އެއްބައި އަނެއް ބަޔާ މުޑިއަރައިގެން ދިޔަ އެވެ. އަދި ރޭލުގެ ބައެއް ބައިތައް ފުރޮޅިފައިވާ އިރު، އެ ބައިތަކުގެ ދަށުގައި ބައެއް މީހުން ތާށިވެފައި ތިބެދާނެ ކަމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ދަގަނޑުމަތިން ކައްސައިލީ ސިންދު ޕްރިވިންސްގެ ވެރިރަށް ކަރާޗީން ފުރައިގެން، އިރުމަތީ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ އެބޮޓްއާބާދު އަށް ދަތުކުރި ރޭލެކެވެ. މި ހާދިސާގައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 60 ން މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި ހާލު ބޮޑު ބައެއް މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހަޒާރާ އެކްސްޕްރެސް އަކީ ކަރާޗީ އާއި އެބޮޓް އާބާދުއާ ދެމެދު ކޮންމެ ދުވަހަކު ދަތުރެއް ކުރާ ރޭލެކެވެ. ޕާކިސްތާނުގެ އެންމެ ދެކުނާއި އެންމެ އުތުރާ ދެމެދު ގުޅުވައިދޭ މިދަތުރުގައި ޖުމްލަ 1600 ކިލޯމީޓަރު ކަޑައްތު ކުރަންޖެހޭ އިރު މި ދަތުރަށް 33 ގަޑިއިރު ހޭދަވެ އެވެ.
ޕާކިސްތާނުގެ ރޭލު ދަތުރުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. ޖޫން 2021 ގައި ސިންދު ޕްރޮވިންސްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ދެ ރޭލު މުޑިއެރުމުގެ ސަބަބުން 65 މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
އޮޑިޝާގެ މޯޗަރީތަކާއި ހޮސްޕިޓަލްތައް ފުރިފައި
ގްރީސްގައި ދެ ރޭލު މުޑިއަރައި 32 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ދެ ރޭލު މުޑިއަރައި 32 މަރު
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ