Roadha Mihaaru
ޕާކިސްތާނުގައިއޮތީ ޖަންގަލީގެ ގާނޫނުތޯ ސުވާލުއުފައްދައިފި

ޕާކިސްތާނުގައި ހިންގަނީ ޖަންގަލީގެ ގާނޫނު ތޯ އިމްރާން ހާން ސުވާލުއުފައްދައިފި

13 މެއި 2023

އިސްލާމް އާބާދު (މެއި 13) - ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އަމަލު ކުރި ގޮތުން، ޕާކިސްތާންގައި މިހާރު ހިންގަނީ ޖަންގަލީގެ ގާނޫނުތޯ، ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ސުވާލު ކުރައްވައިފި އެވެ.

އިސްލާމް އާބާދު (މެއި 13) - ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އަމަލު ކުރި ގޮތުން، ޕާކިސްތާންގައި މިހާރު ހިންގަނީ ޖަންގަލީގެ ގާނޫނުތޯ، ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ސުވާލު ކުރައްވައިފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް، އިމްރާން ހާން ހައްޔަރު ކުރަން އަމަރު ނެރުނީ އިސްލާމްއާބަދުގެ ހައި ކޯޓުންނެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާންގެ ސުޕްރީމް ކޯޓުން ނިންމީ އިމްރާން ހާން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

އޭނާ އަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް އިމްރާން ދޮގު ކުރައްވަ އެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތައް ވެސް އެބަހުއްޓެވެ. ޓެރަރިޒަމްގެ ދައުވާ ވެސް އިމްރާން ހާންގެ މައްޗަށް އުފުލަ އެވެ. ސަތޭކަ އަށް ވުރެ ގިނަ ދައުވާ އޭނާ ގެ މައްޗަށް ކުރެ އެވެ.

އަލުން އިއްޔެ ހައި ކޯޓަށް ހާޒިރުކޮށް، ކޯޓުން ވަނީ ކަފާލާތުގެ ދަށުން ދެ ހަފުތާ އަށް އިމްރާން ދޫކޮށްލައިފަ އެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެއްވެސް ކަމެއްގައި އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށް ވެސް ކޯޓުން ނިންމި އެވެ.

ކޯޓުގައި ހުރެ އާންމު ކުރި ވީޑިއޯއެއްގައި އިމްރާން ވިދާޅުވީ، އޭނާ ހައްޔަރުކުރުމުގައި ވެސް އަމަލު ކުރީ އުސޫލާ ހިލާފަށް ކަމަށާއި ހައްޔަރު ކުރަން ނެރުނު އަމުރު ދެއްކީ އޭނާ ޖަލަށް ގެންދިޔަ ފަހުން ކަމަށެވެ.

"އަހަރެން އިނީ ހައި ކޯޓުގައި. އަހަރެން ހައްޔަރު ކުރާނެ ސަބަބެއް އެ މީހުންގެ އަތުގައި ނެތް. އަހަރެން ވަގަށް ނެގީ މި ތަނުން. އަދި އަހަރެން ގެންގޮސްފައި ދެން އެ ވަގުތު އަހަރެން ހައްޔަރު ކުރުމުގެ އަމުރު ދެއްކީ،” އިމްރާން ވިދާޅުވި އެވެ.

"މިއީ ޖަންގަލީގެ އުސޫލުތަ؟ އަދި އަސްކަރިއްޔާ އިން އަހަރެން ވަގަށް ނެގީ. ކޮބާ ފުލުހުން؟ ކޮބާ ގާނޫނު؟ ހީވަނީ މި ތަނުގައި އަސްކަރީ ގާނޫނު އިއުލާން ކޮށްފައިވާހެން."

އިމްރާން ހައްޔަރު ކުރުމުން އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ކުރި އިހުތިޖާޖުތަކުގައި ހަމަނުޖެހުންތައް ހިންގި އެވެ. މިދިޔަ ހަފުގާއި ވެސް އެ ހަމަނުޖުންތަކުގައި 11 މީހުން މަރުވި އެވެ.

އިމްރާން ވިދާޅުވީ އޭނާގެ ޕާޓީ، ޕީޓީއައިގެ މެންބަރުން ހަމަނުޖެހުން ހިންގިކަން އޭނާ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ ވަނީ ސުލްހަވެރި ކަމާއެކު އެއްވުންތައް ބޭއްވުމަށް ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.