14 ޖުލައި 2024
މީހެއްގެ އިއްދާގައި އިން އަންހެނަކާ ކައިވެނިކުރި ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް ވެސް ބާތިލް ކަމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
މީހެއްގެ އިއްދާގައި އިން އަންހެނަކާ ކައިވެނިކުރި ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް ވެސް ބާތިލް ކަމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު އޮތް އާންމު އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އިމްރާނަށް އިއްވި ހުކުމްތަކުގެ ތެރޭގައި ހިމެނޭ މި މައްސަލައިގައި ބުނަނީ އިމްރާން އާއި ބުޝްރާ ބީބީ އިމްރާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން މި ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ ޚަވާރް މަނެކާ ކަމަށެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އޭނާ ބީބީ ވަރިކުރީ ނޮވެމްބަރު 2017 ގައި ކަމަށެވެ. އިމްރާން އޭނާގެ ތިން ވަނަ ކައިވެނި ބީބީއާ ކުރެއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އިންތިހާބާ ދިމާކޮށް އިއްވި ތިން ހުކުމުގެ ތެރެއިން 10 އަހަރުގެ ހުކުމެއް ބާތިލްކޮށްފައި ވާއިރު 14 އަހަރުގެ ހުކުމެއް ވަނީ ތަންފީޒުކުރުން ފަސްކޮށްފަ އެވެ. ކައިވެނީގެ މައްސަލައިގައި އިމްރާނާއި ބީބީ އަށް އިއްވާފައި އޮތް ހަތް އަހަރުގެ ހުކުމް ބާތިލްކުރުމާ އެކު އިމްރާން މިނިވަންވާ ގޮތަށް އޮތް ނަމަވެސް އެހެން ދެ މައްސަލައެއްގެ ތުހުމަތަށް ވަގުތުން އިއްޔެ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި) އިން ބުނީ އިމްރާން މިނިވަންވުމާ އެކު އިރުމަތީ ލާހޫރުގެ ކޯޓަކުން ތިން މައްސަލައަކާ ގުޅުވައި އަމުރު ނެރެ ހައްޔަރުކުރީ ކަމަށެވެ. އެއީ މެއި 2023 ގައި ހިނގި ހަމަނުޖެހުންތަކަކީ ހިތްވަރު ދިނުމުގެ ތުހުމަތުގަ އެވެ. ޕީޓީއައި އިން ބުނީ މިއީ އިމްރާން ގާނޫނާ ހިލާފަށް ބަންދުގައި ބެހެއްޓުމަށް ޖެހި މަޅިއެއް ކަމަށެވެ.
ޕީޓީއައި އިން ބުނެފައިވާ ގޮތުގައި އިމްރާނާއި ބީބީ ވަނީ ޚިޔާނާތުގެ އެހެން މައްސަލައަކާ ގުޅުވައި ވެސް އަލުން ހައްޔަރުކޮށްފަ އެވެ.
މި މަހު ކުރީކޮޅު އދ. ގެ ތަޖުރިބާކާރުންގެ ޕެނަލުން ވެސް ވަނީ އިމްރާނަށް ހުކުމްތައް ކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫން ކަމަށާއި އެއީ އިންތިހާބުން ފުރުސަތު ނުދޭން ކޮށްފައިވާ ކަމެއްގެ ގޮތުގައި ނޫނީ ނުބެލެވޭ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި
ޕާކިސްތާނުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ
އިމްރާން ޚާނަށް ކުރި ހުކުމެއް އަނެއްކާވެސް ބާތިލް
އިމްރާން ޚާންގެ 14 އަހަރުގެ ޖަލު ހުކުމެއް ފަސްކޮށްފި
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު
ކުޑަ ޕާޓީއަކާ އެކު އިމްރާންގެ މެންބަރުން ބާރު ހޯދަނީ