Roadha Mihaaru
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ޝާހްބާޒް، އިމްރާންގެ މެންބަރުންނަކަށް ނުވި

21 ފެބުރުއަރީ 2024

ޕާކިސްތާނުގެ ދެ ޕާޓީއަކުން ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކަށް އައުމާ އެކު ބޮޑުވަޒީރު ކަމުގެ މަގާމަށް އަލުން ޝާހްބާޒް ޝަރީފް ވަޑައިގަތުމަށް މަގު ފަހިވެ، ގިނަ ގޮނޑި ހޯދިޔަސް، ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މެންބަރުން ބާކީވެއްޖެ އެވެ.

ޕާކިސްތާނުގެ ދެ ޕާޓީއަކުން ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކަށް އައުމާ އެކު ބޮޑުވަޒީރު ކަމުގެ މަގާމަށް އަލުން ޝާހްބާޒް ޝަރީފް ވަޑައިގަތުމަށް މަގު ފަހިވެ، ގިނަ ގޮނޑި ހޯދިޔަސް، ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މެންބަރުން ބާކީވެއްޖެ އެވެ.

އަސްކަރިއްޔާގެ ތާއީދު އޮންނަ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ބުނީ ކުދި ޕާޓީތަކެއް ވެސް ބައިވެރިކޮށްގެން، ވެރިކަމުގެ ބާރުތައް ބަހާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މި މަހު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ، އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިންތިހާބުގައި ވާދަކުރުން މަނާކުރުމުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އެކަމަކު ސަރުކާރު އެކުލަވާލުމުގެ ބާރު ލިބެނީ ޕާޓީއެއްގެ ނަމުގައި ކަމަށް ވާތީ އެ މެންބަރުންނަށް ސަރުކާރެއް ނުހެދޭނެ އެވެ. އެ ކެންޑިޑޭޓުން ބާރު ހޯދަން، އިންތިހާބުގައި އެންމެ ގޮނޑިއެއް ލިބުނު ޕާޓީއަކާ އެކު މަޝްވަރާކޮށް އެހެން ކުދި ޕާޓީތައް ވެސް އެއްގަލަކަށް އަރުވަން މަސައްކަތްކުރާ ކަމަށް އިމްރާންގެ މެންބަރުން ކުރިން ވަނީ ބުނެފަ އެވެ.

އިމްރާނާ ވާދަވެރި ބޮޑު ދެ ޕާޓީން އިއުލާނުކުރި ގޮތުގައި އެ ދެ ޕާޓީން ބޮޑުވަޒީރުކަމަށް ގެންނާނީ ކުރީގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އެވެ. އަދި ރައީސްކަމަށް ގެންނާނީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން އާސިފް އަލީ ޒަރްދާރީ އެވެ.

"ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް އަށް ވަނީ ސަރުކާރު އެކުލަވާލެވޭ ވަރަށް އަދަދު ހަމަވެފައި،" ޕީޕީޕީގެ ޗެއާމަން، ބުއްޓޫ އާއި ޒަރްދާރީގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވި އެވެ.

އިމްރާންގެ ޕީޓީއައި އިން ބުނެފައިވަނީ އިންތިހާބުގައި މަކަރާއީ ހީލަތް ނުހެދި ނަމަ އެ ޕާޓީގެ ފަރާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް މާ ގިނަ ގޮނޑި ލިބުނީސް ކަމަށެވެ. --އޭއެފްޕީ