29 ޖުލައި 2017
އިސްލާމް އާބާދު (ޖުލައި 29) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އާއިލީ ބޭފުޅުންގެ ނަން ހިމެނުމާ އެކު އެކަމާ އެންމެ ބޮޑަށް އިހުތިޖާޖް ކުރެއްވި ބޭފުޅަކީ އިދިކޮޅު ތަހުރީކީ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން އެވެ.
އިސްލާމް އާބާދު (ޖުލައި 29) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އާއިލީ ބޭފުޅުންގެ ނަން ހިމެނުމާ އެކު އެކަމާ އެންމެ ބޮޑަށް އިހުތިޖާޖް ކުރެއްވި ބޭފުޅަކީ އިދިކޮޅު ތަހުރީކީ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން އެވެ.
ނަވާޒް ޝަރީފުގެ އިސްތިއުފާ އެދި ގޮވާލުމަށް އިމްރާން ޚާން ވަނީ އެތައް މުޒާހަރާއެއް ބާއްވައިފަ އެވެ. އެންމެ ފަހުން އިމްރާން ޚާންގެ ޕާޓީން މިދިޔަ އޮކްޓޯބަރު މަހު ވަނީ ނަވާޒް ޝަރީފާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. މި ޕެޓިޝަން ހުށަހެޅުމުގައި ވަނީ އަވާމީ މުސްލިމް ލީގާއި ޖަމާއަތު އިސްލާމީ (ޖޭއައި) އިން ވެސް ބައިވެރިވެފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް އިމްރާން ޚާން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިމްރާން ޚާންގެ ޕާޓީން ވަނީ ގާނޫނު ނެގެހެއްޓުމުގައި ސިފައިންނާއި ފުލުހުން އަދި ކޯޓުތަކުން އަދާކުރި ދައުރަށް ޝުކުރު އަދާކޮށްފަ އެވެ.
ޕާކިސްތާން ޕީޕަލަސް ޕާޓީގެ ލީޑަރު ޒަމާން ކައިރާ ވަނީ ނަވާޒް ޝަރީފުގެ މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސްދިނީތީ އިމްރާން ޚާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ނަވާޒް ޝަރީފު މަގާމުން ދުރުކުރުގައި އިދިކޮޅު ހުރިހާ ޕާޓީއެއް ވެސް ބައިވެރިވި. އެކަމަކު އެކަމުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ އިމްރާން ޚާނާއި އޭނާގެ ތަހުރީކީ އިންސާފު ޕާޓީ އަށް،" ޖޭއައި ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ސިރާޖުލް ހައްގު ވިދާޅުވި އެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ހުރުމާ އެކު ޚާއްސަ ކޮމިޝަނަކުން އެކަން ތަހުގީގު ކުރުމަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި ރިޕޯޓަށް ބެލުމަށް ފަހު ކޯޓުން ނިންމާފައި ވަނީ ބޮޑު ވަޒީރުކަމުގައި ދެމިހުރުމުގެ ޝަރުތު ނަވާޒް ޝަރީފުގެ ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ ކޯޓުގެ ނިންމުމާ ގުޅިގެން ނަވާޒް ޝަރީފު ވަނީ ހުކުރު ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލުން މަރިޔަމް އާއި އޭނާގެ ފިރިކަލުން ސަފްދަރު އަދި ފިނޭންސް މިނިސްޓަރު އިޝާގު ދާރުގެ މައްސަލަ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ އިން ބެލުމަށް އަންގައިފަ އެވެ.
ތިން ވަނަ ފަހަރަށް ބޮޑު ވަޒީރުކަމުގެ މަގާމު އަދާކުރައްވާ ނަވާޒް ޝަރީފު މަގާމުން ދުރުކުރީ ދައުރު ހަމަވާން އަހަރެއްހާ ދުވަހަށްވެފައި ވަނިކޮށެވެ.
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު
ޕާކިސްތާނުގައި ސަރުކާރު ހަދަން އިއްތިހާދުވާނެ ބަޔަކުނެތް
އިމްރާނާއި ޕާޓީ ބަންދުކޮށްގެން ވެސް ބަދަލެއް ނުވި
ގިނައީ އިމްރާންގެ ކެންޑިޑޭޓުން، ބާރު ނަވާޒް ޝަރީފަށް
ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން
ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުގެ ޒިންމާ އިމްރާން ޚާނަށް
ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ އިމްރާނަށް ފާޑުކިޔުން
"ނަވާޒް ޝަރީފަށް ވެރިކަމަށް ވަޑައިގެންނެވުނީ ސިފައިން އެހީވެގެން"
"ބިން ލާދިން އަތުން ނަވާޒް ޝަރީފް ފައިސާ ހޯދި"
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު