ޕާކިސްތާނުގައި 2023 ވަނަ އަހަރު އަސްކަރިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނެ، މިހާރު ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ 108 މެމްބަރަކު ޖަލަށްލައިފި އެވެ. މީގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ.
ޕާކިސްތާނުގައި 2023 ވަނަ އަހަރު އަސްކަރިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނެ، މިހާރު ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ 108 މެމްބަރަކު ޖަލަށްލައިފި އެވެ. މީގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ.
މިއީ މެއި 2023 ގައި އިމްރާންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށް ކޯޓަށް ހާޒިރުކުރުމާ ދިމާކޮށް މުޅި ގައުމުގައި ކުރި ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ މައްސަލައިގައި ހުކުމް އައި ބައެކެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި އެތައް ހުކުމެއް އިއްވާފައިވީ ނަމަވެސް، ބުރާސްފަތި ދުވަހު އިއްވި ހުކުމްތަކުގެ ތެރޭގައި އިދިކޮޅު ލީޑަރު އުމަރު އައްޔޫބް ޚާންގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ހުކުމަކީ އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އެންޓި ޓެރަރިޒަމް ކޯޓުގެ މި ހުކުމްތަކަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ އިރު ޕީޓީއައިގެ ހަ މެމްބަރެއްގެ މަގާމުގެ ގޮނޑި ވެސް ގާނޫނު ހަދާ މަޖިލީހުން މި ހުކުމްތަކާ އެކު ގެއްލޭނެ އެވެ.
"އިމްރާން ހާންގެ ސިޔާސީ ފިކުރު ބަލައިގަތުމާއި ރައްޔިތުން ތަމްސީލްކޮށް ގާނޫނުއަސާސީ ނެގެހެއްޓުމުގެ މަސައްކަތް ކުރީތީ، ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ އިދިކޮޅު ލީޑަރުންނަށް އަދަބު ދިނުމަކީ ޕާކިސްތާނުގެ ޖުޑީޝަރީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިނގި މިފަދަ ލަދުވެތި ހާދިސާ،" ޕީޓީއައި އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ މި ހުކުމްތައް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށެވެ.
އިމްރާންގެ މީޑިއާ އެޑްވައިޒަރު ޒުލްފީ ބުޚާރީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މި ހުކުމްތަކަކީ "ޑިމޮކްރަސީއަށް ކަޅު ދުވަހެއް" ކަމަށެވެ.
"އިދިކޮޅު ލީޑަރަކަށް ފަހު ލީޑަރަކަށް ކުށް ސާބިތުކުރަމުން ދިއުމަކީ އެއްވެސް ޑިމޮކްރަސީއަކަށް ރަނގަޅު ކަމަކަށް ނުވާނެ. މިހާރު ވެސް ނާޒުކު ހާލެއްގައި އޮތް ޑިމޮކްރަސީއަށް މިއީ ބޮޑު ގެއްލުމެއް،" ބުޚާރީ ވިދާޅުވި އެވެ.
ކުރިން އިންޓަނޭޝަނަލް ކްރިކެޓް ތަރިއެއް ކަމަށްވާ އިމްރާން ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް ވެރިކަން ވައްޓާލައި، 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހުންނަވަނީ ޖަލަށް ލައިފަ އެވެ. ނަމަވެސް ޕާކިސްތާނުގައި އޭނާ އަދިވެސް ވަރަށް މަގުބޫލެވެ.
އޭނާގެ މައްޗަށް 150 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ޓެރަރިޒަމާއި ދައުލަތުގެ ސިއްރުތައް ލީކުކުރުން ހިމެނެ އެވެ. އެ ހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށް އޭނާ އާއި އޭނާގެ ސަޕޯޓަރުން ބުނެ އެވެ.
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި
ޕާކިސްތާނުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ
ކައިވެނީގެ މައްސަލައިގައި އިމްރާނަށް ކުރި ހުކުމް ބާތިލް
އިމްރާން ޚާނަށް ކުރި ހުކުމެއް އަނެއްކާވެސް ބާތިލް
އިމްރާން ޚާންގެ 14 އަހަރުގެ ޖަލު ހުކުމެއް ފަސްކޮށްފި
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު