Roadha Mihaaru
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ

އިމްރާން ޚާންގެ ޕާޓީ މަނާކުރަން ޕާކިސްތާނު ސަރުކާރުން މަސައްކަތް ފަށައިފި

16 ޖުލައި 2024

ޖަލުގައި ބަންދުކޮށްގައިބާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ޕާޓީ މަނާކުރަން ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް، އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމްތަކެއް ދެ ކޯޓަކުން ބާތިލްކުރުމާ އެކު އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގައި ބަންދުކޮށްގައިބާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ޕާޓީ މަނާކުރަން ޕާކިސްތާނުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް، އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމްތަކެއް ދެ ކޯޓަކުން ބާތިލްކުރުމާ އެކު އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ކްރިކެޓް ތަރި އިމްރާން 2022 ވަނަ އަހަރު ވެރިކަމުން ދުރުކުކުރުމުގެ ކުރިން، ޕާކިސްތާނުގެ ބާރުގަދަ ޖެނެރަލުންނަށް ވިދާޅުވެ، މުޅި ގައުމުގެ މަގުތަކަށް ގިނަ ބަޔަކު އެއްވެ، 'ކަމްބެކް' ކެމްޕޭނެއް ހިންގި އެވެ.

މިދިޔަ އަހަރު ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ހައްޔަރުކުރިއިރު ސަޕޯޓަރުން ވަނީ އަސްކަރީ އިމާރާތްތަކަށް ވަދެ ވަދެގެންފަ އެވެ.

އިމްރާން ޖަލަށްލީތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، މިދިޔަ ހަފްތާގައި އިސްލާމްއާބާދުގެ ގާޒީއަކު ވަނީ އިމްރާންގެ މައްޗަށް ގާނޫނާ ހިލާފަށް ހުކުމްކޮށްފައިވާ ކަމަށް ބުނެ އިމްރާންގެ ކައިވެނީގެ މައްސަލައިގައި އިއްވި ޖަލު ހުކުމް ބާތިލްކޮށްފަ އެވެ. އެއާ އެކު މަޖިލީހުން ކޯޓާ ކަނޑައަޅާފައިވާ ދާއިރާތަކާ އެކު އިތުރު ގޮނޑިތަކެއް އެ ޕާޓީއަށް ކޯޓުން ވަނީ ދީފަ އެވެ.

މި ދެ މައްސަލައަކީ ވެސް ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ކޯލިޝަން ސަރުކާރަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން މިނިސްޓަރު އައްތައުﷲ ތަރާރު ވިދާޅުވީ ޕީޓީއައި މަނާކުރުމުގެ މައްސަލައެއް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލަ ވަރުގަދައަށް ދިފާއުކުރާނަން، ދިފާއުގައި އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނަން،" ދައުލަތުގެ ސިއްރުތައް ލީކުކުރުމާއި ހަމަނުޖެހުންތައް ހިންގުމަށް ބާރުއެޅުން ހިމެނޭ ގޮތަށް އިމްރާންގެ މައްޗަށް ކުރާ ތުހުމަތުތަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އުމުރުން 71 އަހަރުގެ އިމްރާން ފެބްރުއަރީ މަހުގެ އިންތިހާބުގައި ވާދަކުރުން މަނާކުރިއިރު، ޕީޓީއައި އެއްފަރާތްކުރި އެވެ. އަދި އަސްކަރިއްޔާއާ ގާތް ކަމަށް ބެލެވޭ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އިއްތިހާދު ވަނީ ވެރިކަން ހޯދައިފަ އެވެ. -- އޭއެފްޕީ