Roadha Mihaaru
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު

މުޒާހަރާ މަނާކުރާ އާ ގާނޫނުގެ ދަށުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރ 2024

މުޒާހަރާކުރުން މަނާކޮށް ޕާކިސްތާނުގައި އަމަލުކުރަން ފަށާފައިވާ އާ ގާނޫނުގެ ދަށުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ ނުވަ މެމްބަރަކު ހައްޔަރުކޮށްފި އެވެ.

މުޒާހަރާކުރުން މަނާކޮށް ޕާކިސްތާނުގައި އަމަލުކުރަން ފަށާފައިވާ އާ ގާނޫނުގެ ދަށުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ ނުވަ މެމްބަރަކު ހައްޔަރުކޮށްފި އެވެ.

ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަނާކޮށްފައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އާދީއްތަ ދުވަހު ވެރިރަށް އިސްލާމްއާބާދަށް އެއްވެ މުޒާހަރާކުރަނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލި އެވެ.

އެއްވުމުގެ ތެރެއިން ހައްޔަރުކުރި 30 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން ނުވަ މީހުންނަކީ ޕީޓީއައިގެ ބޭފުޅުންނެވެ. އެ ނުވަ މެމްބަރުންނާ އެކު 34 މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި އެވެ.

އެ މީހުންނަށް ތުހުމަތުކޮށްފައިވަނީ މިދިޔަ ހަފުތާގައި ފާސްކުރި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި އާންމު އަމާންކަމުގެ ގާނޫނުގެ ދަށުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ކޯޓަށް ގެންދިޔަ ޕީޓީއައިގެ ލީޑަރު އަދި ގާނޫނީ ވަކީލް މުހައްމަދު ޝުއައިބު ޝާހީނަށް ވެސް ވަނީ އޮފިޝަލުންނަށް ހަމަލާދިނުމާއި ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމުގެ ތުހުމަތުކޮށް ބަންދުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކޮށްގެން ގެންދިޔައީ އޮފީހުގައި އިންނަވަނިކޮށެވެ.

"މިހެން ދިމާވާ ކުޑަ ކަމަކުން އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން. މިއީ އިމްރާން ޚާންގެ ލަޝްކަރު. އަޅުގަނޑުމެން ތިބޭނީ އޭނާއާ އެކު،" ކޯޓުގައި ޝުއައިބު ވިދާޅުވި އެވެ.

ޕީޓީއައި އިން ބުނީ ގިނަ މެންބަރުން ހައްޔަރުކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއަކަށް ފަހު ނުކުމެގެން ދަނިކޮށް ކަމަށެވެ.

އިމްރާންގެ ޕާޓީ މަނާކޮށް އިންތިހާބުގައި ވާދަކުރުމަށް ހުރަސްއެޅި ނަމަވެސް އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށް އިމްރާންގެ މެންބަރުންގެ ވަނީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި އޮތް ސިޔާސީ ފިކުރަށް ވެފަ އެވެ. އެކަމަކު ޕާޓީއެއްގެ ނަމުގައި ނޫނީ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ނޯންނާތީ އިމްރާންގެ މެންބަރުންނަށް ސަރުކާރު އެކުލަވައެއް ނުލެވުނެވެ. އަދި އެ މެންބަރުން ބައިވެރިވާ ކޯލިޝަނެއް ހެދިޔަ ނުދިނުމަށް ވާދަވެރި ޕާޓީތަކުން އެއްވެ ސަރުކާރު ހިންގަން ފެށީ އެވެ.