31 އޮކްޓޯބަރ 2016
ކަރާޗީ (އޮކްޓޯބަރު 31) - އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ސަޕޯޓަރުން ހައްޔަރު ކުރަން ޕާކިސްތާން ފުލުހުން ފެށި އޮޕަރޭޝަނުގައި އެއް ދުވަސްތެރޭ 1،500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
ކަރާޗީ (އޮކްޓޯބަރު 31) - އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ސަޕޯޓަރުން ހައްޔަރު ކުރަން ޕާކިސްތާން ފުލުހުން ފެށި އޮޕަރޭޝަނުގައި އެއް ދުވަސްތެރޭ 1،500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.
އޮފިޝަލުން ބުނީ އިދިކޮޅު ގިނަ ބަޔަކު ހައްޔަރު ކުރަމުން ދަނީ މި ހަފުތާ ފަހުކޮޅު ބާއްވަން ރާވަމުންދާ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އަށް ބިރުދައްކަން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުދަ ދުވަހު ބާއްވާ މުޒާހަރާގެ ބޭނުމަކީ ނަވާޒް ޝަރީފް އިސްތިއުފާ ދިނުމަށް ބާރު އެޅުމެވެ. އިދިކޮޅު މީހުން ހައްޔަރު ކުރަން ފަށާފައިވާ އިރު މި ހަފުތާ ކުރީކޮޅު ވަނީ ފުލުހުންނާ އެކު ކުރިމަތިލުންތަކެއް ވެސް ހިންގައިފަ އެވެ.
އިމްރާނުގެ ސަޕޯޓަރުން އިސްލާމްއާބާދުގެ މަގުތަކުގައި މުޒާހަރާ ކުރުމުގެ ހުއްދަ ދޭން ކޯޓުން މިއަދު ވަނީ ދެކޮޅު ހަދައިފަ އެވެ. ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ އިސްލާމްއާބާދުގައި ދެމަސް ދުވަހަށް މުޒާހަރާ ކުރުން މަނާކޮށްފަ އެވެ. އިމްރާން ޚާންގެ ވަކީލް ބާބަރު އަވާން ވިދާޅުވީ ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.
އިސްލާމްއާބާދުގައި މުޒާހަރާކޮށްފާނެތީ ފުލުހުން ވަނީ ބޮޑެތި ހައިވޭތަކުގައި ކޮންޓެއިނާތައް ބަހައްޓައިފަ އެވެ. ޚާރިޖީ ވަޒީރު ޗައުދަރީ ނިސާރު އަލީ ޚާން ވިދާޅުވެފައި ވަނީ މުޒާހަރާގައި އިމްރާން ޚާންގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޕާކިސްތާނުގައިއޮތީ ޖަންގަލީގެ ގާނޫނުތޯ ސުވާލުއުފައްދައިފި
އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ގަބޫލުކޮށްފި
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި
ޕާކިސްތާނުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ
ކައިވެނީގެ މައްސަލައިގައި އިމްރާނަށް ކުރި ހުކުމް ބާތިލް
އިމްރާން ޚާނަށް ކުރި ހުކުމެއް އަނެއްކާވެސް ބާތިލް