22 މެއި 2020
ކަރާޗީ (މެއި 22) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓެއްގެ ކަރާޗީގައި އާއްމުން ދިރިއުޅޭ އިމާރާތްތަކެއްގެ މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.
ކަރާޗީ (މެއި 22) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓެއްގެ ކަރާޗީގައި އާއްމުން ދިރިއުޅޭ އިމާރާތްތަކެއްގެ މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.
ގައުމީ ޓީވީން ވަނީ ބޯޓު ވެއްޓުނު ސަރަހައްދުން ބޯ ދުން އަރާ މަންޒަރު ދައްކައިފަ އެވެ. ވެއްޓުނު ބޯޓުން މަރުވީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.
"ބޯޓު ވެއްޓިފައި ވަނީ ކަރާޗީ އަށް. މިހާރު ބަލަމުން މިދަނީ ބޯޓުގައި ތިބީ ކިތައް މީހުންތޯ. ފުރަތަމަ ބެލެވުނު ގޮތުގައި ބޯޓުގައި ތިބީ 99 ޕަސިންޖަރުންނާއި އަށް ފަޅުވެރިން،" ޕާކިސްތާނުގެ އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާން އަބްދުއް ސައްތާރު ޚޯޚަރު ވިދާޅުވި އެވެ.
ވެއްޓުނު އެއާބަސް އޭ320 ގެ ބޯޓު ދަތުރުކުރީ ލާހޯރުގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓު ވެއްޓިފައި މި ވަނީ ލޮކްޑައުން އަށް ފަހު ކޮމާޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ.
ވެރިރަށް އިސްލާމްއާބާދަށް 2016 ވަނަ އަހަރު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓެއްގެ އިންޖީނަށް މައްސަލަ ޖެހި ބޯޓުގައި ރޯވުމުގެ ސަބަބުން ވަނީ 47 މީހުން މަރުވެފަ އެވެ. އަމިއްލަ އެއާލައިނެއް ކަމަށްވާ އެއާބްލޫގެ ބޯޓެއް އިސްލާމްއާބާދާ ކައިރިއަށް 2010 ވަނަ އަހަރު ވެއްޓި 152 މީހުން މަރުވި އެވެ. އަދި ބޯޖާ އެއާގެ ބޯޓެއް ރާވަލްޕިންޑީ އަށް ޖައްސަނިކޮށް 2012 ވަނަ އަހަރު ވެއްޓި 121 ފަސިންޖަރުންނާއި ހަ ކްރޫން މަރުވި އެވެ.
ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި
ފެނުނު އެއްޗަކީ ހަމައެކަނި އަލިފާން: ސަލާމަތްވި މީހެއް
ޕާކިސްތާންގެ އަސްކަރީ ބޯޓެއް ވެއްޓި 18 މީހުން މަރު
ސްޓާފުން ސަލާމަތް ކުރުމުގެ ތައުރީފް އަންހެން އޮފިސަރަށް
ކަރާޗީގައި ހުންނަ ޗައިނާ ކޮންސިއުލޭޓަށް ހަމަލާދީ ދީފި
އަފްޣާން ޑިޕްލޮމެޓަކު ޕާކިސްތާނުގައި އަވަހާރަކޮށްލައިފި
ވެއްޓުނު ޕާކިސްތާނުގެ ބޯޓުން އެކަކުވެސް ސަލާމަތެއް ނުވި
ޕާކިސްތާނުގެ މަތިންދާ ބޯޓެއް 40 މީހުންނާ އެކު ވެއްޓިއްޖެ
ޕާކިސްތާނުގައި ދެ ރޭލު ޖެހި 17 މީހުން މަރުވެއްޖެ
ކަރާޗީގެ މޭޔަރުގެ މަގާމަށް ހޮވީ "ގައިދީއެއް"