Roadha Mihaaru
ޕާކިސްތާނުގެ މަތިންދާ ބޯޓެއް 40 މީހުންނާ އެކު ވެއްޓިއްޖެ

ޕާކިސްތާނުގެ މަތިންދާ ބޯޓެއް 40 މީހުންނާ އެކު ވެއްޓިއްޖެ

07 ޑިސެމްބަރ 2016

އިސްލާމްއާބާދު (ޑިސެމްބަރު 7) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާ ބޯޓެއް 40 މީހުނާ އެކު ދަތުރު ކުރަނިކޮށް އެ ގައުމުގެ އުތުރުގެ ހިސާބަކަށް ވެއްޓިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޑިސެމްބަރު 7) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާ ބޯޓެއް 40 މީހުނާ އެކު ދަތުރު ކުރަނިކޮށް އެ ގައުމުގެ އުތުރުގެ ހިސާބަކަށް ވެއްޓިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕީއައިއޭ ފްލައިޓް ޕީކޭ-661 ޓަވަރާ ގުޅުން ކެނޑުނީ އުތުރުގެ ސިޓީއެއް ކަމަށްވާ ޗިޓްރަލް އިން ވެރިރަށް އިސްލާމްއާބާދަށް ދަތުރު ކުރަނިކޮށެވެ. ބޯޓު ވެއްޓިފައި ވަނީ ޗިޓްރަލް އިން ނައްޓާލިތާ 90 މިނިޓް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރީޖަނަލް ޕޮލިސް އޮފިޝަލަކު ރޮއިޓާސް އަށް ބުނީ ބޯޓު ވެއްޓިފައި ވަނީ އިސްލާމްއާބާދާ 43 މޭލު ދުރުގައި އޮންނަ ހެވަލިއަން އަށް ކަމަށެވެ. މިއީ އަބޮޓްއާބާދާއި ހަރިޕޫރުގެ ސަރަހައްދީ ރޮނގު ކައިރީ އޮންނަ ތަނެއް ކަމަށްވެ އެވެ.

ޕީއައިއޭގެ އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު ވެއްޓުނީ އުތުރުގެ ޗިޓްރަލް އިން އިސްލާމްއާބާދަށް ދަތުރު ކުރަނިކޮށް.

ޕީއައިއޭގެ އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު ވެއްޓުނީ އުތުރުގެ ޗިޓްރަލް އިން އިސްލާމްއާބާދަށް ދަތުރު ކުރަނިކޮށް.

ވެއްޓިފައި ވަނީ އޭޓީއާރު-42 މަރުކާގެ މަތިންދާ ބޯޓެއް ކަމަށް އެއާލައިނުން ބުނެ އެވެ. ދެ އިންޖީނުލީ އޭޓީއާރު -42 ގެ ބޯޓުތައް ޕީއައިއޭ އިން ބޭނުން ކުރަނީ ކުރު ދަތުރުތަކަށެވެ. އޭޓީއާރަކީ އެއާބަސް ކުންފުންޏާއި އިޓަލީގެ ލިއޮނާޑޯ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނަކު ބީބީސީ އަށް ބުނީ ވެއްޓުނު ބޯޓު އަދި ފެނިފައި ނުވާ ކަމަށެވެ. ޕާކިސްތާން ސިފައިން ބުނީ ބޯޓުގެ ބައިތައް ހޯދުމަށް ސިފައިންގެ ޓީމަކާއި ހެލިކޮޕްޓަރުތައް ފޮނުވާފައިވާ ކަމަށެވެ.

ޖިއޯ ޓީވީން ބުނީ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކުރީގެ ލަވަކިޔުންތެރިޔާ އަދި ފަހުން ދީނީ އިލްމުވެރިއަކަށްވެފައިވާ ޖުނައިދު ޖަމްޝީދާއި އޭނާގެ އަންހެނުން ހިމެނޭ ކަމަށެވެ.

ޕާކިސްތާނުގެ ގައުމީ އެއާލައިނަށް ވަނީ ސަލާމަތީ ބައެއް ކަންކަން ފުރިހަމަނުވާ ކަމަށް މީގެ ކުރިން ތުހުމަތުކޮށްފަ އެވެ. ޕީއައިގެ މަތިންދާ ބޯޓެއް 2006 ވަނަ އަހަރު ވެއްޓި 44 މީހުން ވަނީ މަރުވެފަ އެވެ. ސަލާމަތީ ކަންކަން ދޯދިޔާވުމުން ޕީއައިއޭގެ ބޯޓުތައް ޔޫރަޕިއަން ޔޫނިއަން އިން 2007 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ.