އެއްގައުމުން އަނެއް ގައުމު ހިމާޔަތްކޮށްދިނުން ހިމެނޭ ގޮތަށް ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްގައުމުން އަނެއް ގައުމު ހިމާޔަތްކޮށްދިނުން ހިމެނޭ ގޮތަށް ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއިން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގައި، އެއް ގައުމަށް ދޭ ހަމަލާ އަކީ އަނެއް ގައުމަށް ވެސް ދޭ ހަމަލާއެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ ކަމަށް ސައޫދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނިއުކްލިއާ ގާބިލްކަން ލިިބިފައިވާ ޕާކިސްތާނާ އެކު ސައޫދީން މި އެއްބަސްވުން ހަދާފައި މި ވަނީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން، ސައޫދީގެ އަވަށްޓެރި ގަތަރަށް ހަމަލާދީފައި ވަނިކޮށެވެ.
"މި އެއްބަސްވުމުގެ... ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް، ހަމަލާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން،" ބަޔާނުގައިވެ އެވެ.
"... އެ އެއްބަސްވުމުގައި ބުނެފައި ވަނީ އެއް ގައުމަކާ ދެކޮޅަށް ކުރާ އެއްވެސް އަމަލަކީ އަނެއް ގައުމާ ދެކޮޅަށް ކުރާ އަނިޔާވެރި އަމަލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ."
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު މިދިޔަ މެއި މަހު ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހިނގި ވަރުގަދަ ހަނގުރާމައިގައި މިސައިލް، ޑްރޯން އަދި އާޓިލަރީ ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެ ހަނގުރާމަ ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސައުދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވަނިކޮށް ކަޝްމީރުގައި އާންމުންގެ ބަޔަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރާލުމުން ދަތުރު ކުރުކޮށްލެއްވުމަށް ފަހު ގައުމަށް ވަޑައިގެން ފަހުންނެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ވެސް ހަނގުރާމަވެރިންނަށް އެހީވާ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުކުރާއިރު މިއީ ހަނގުރާމަ އާއި ކުރިމަތިލުންތަކުގެ ދިގު ތާރީހެއް ވެސް އޮތް ދެ ގައުމެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ އެންމެ ފަހުގެ ކުރިމަތިލުމުގައި ސުލްހަވެރި ހައްލެއް ހޯދަން ކުރި މަސައްކަތުގައި ސައޫދީން ވެސް ބޮޑު ދައުރެއް އަދާކުރި ކަމަށް ބެލެވިފައިވެ އެވެ.
ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އިންޑިއާއަށް ހަކަތައިގެ ބާވަތްތައް ބޭނުންވާ ވަރު އިތުރުވަމުން ދާއިރު ސައޫދީ އަކީ މިހާރުވެސް، ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަށް އެންމެ ގިނައިން ތެޔޮ ވިއްކާ އެއް ގައުމެވެ. -- އޭއެފްޕީ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި ސައުދީން އަތުލައިގެންފި
ޕާކިސްތާނުގެ މީހުން މާލެތެރޭ ސަލާންޖަހަނީ!
ސައުދީ ފިރިހެނުން މީހުންނާ އިނުން މަނާ ހަތަރު ގައުމެއް
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ
ކަޝްމީރުގެ މަޝްރަހު ހަމައަކަށް އަޅުވައިދޭނަން: ސައުދީ
ސައުދީ ވަލީ އަހުދަށް ރަން ޕްލޭޓްލީ ބަޑިއެއް ހަދިޔާކޮށްފި
ސައުދީގައި ތިބި ޕާކިސްތާނުގެ ގައިދީން މިނިވަން ކުރަނީ
ޕާކިސްތާން - ސައުދީ ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް
ޕާކިސްތާން މީހުންގެ ސައުދީ ވިސާ ފީ ކުޑަކޮށްފި