01 ސެޕްޓެމްބަރ 2022
ސައޫދީ އަރަބިއްޔާގައި މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަށް ބިދޭސީން މި ހަފުތާގެ ކުރީކޮޅު ހައްޔަރުކޮށް، އެމީހުންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ސައޫދީ އަރަބިއްޔާގައި މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަށް ބިދޭސީން މި ހަފުތާގެ ކުރީކޮޅު ހައްޔަރުކޮށް، އެމީހުންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ސައޫދީ ނާކޮޓިކްސް ކޮންޓްރޯލްގެ ތަރުޖަމާނު މޭޖާ މުހައްމަދު އައްނަޖްދީ ވިދާޅުވި ގޮތުގައި ސައޫދީ އަށް އެތެރެކުރުމުގެ މަރުހަލާގެ ތެރޭގައި ވަނިކޮށް، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ޑޮލަރަށް އަރަ އެވެ. މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ ޖާސޫސީ މައުލޫމާލެއް ލިބިގެން، ރިޔާޒްގައި ހުރި ގުދަނެއް ބަލައި ފާސްކުރި އިރު، އެތަނުގެ ތެރެއިން އެމްފެޓަމީންގެ 47 މިލިއަން ގުޅަ ފެނުނެވެ.
އެމްފެޓަމީން ގުޅަތައް ސައޫދީ އަށް އެތެރެ ކުރީ، ބޭރު ގައުމަކުން އެ ގައުމަށް އެތެރެ ކުރި ގޮދަން ފުށް ބަސްތާތަކެއްގެ ތެރޭގައި ފޮރުވައިގެންނެވެ. ގުދަނުގެ ތެރެއިން އެ ގުޅަތައް ފެނުނީ ވެސް، ފުށް ބަސްތާތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.
ގޮދަން ފުށް ބަސްތާތަކެްގެ ތެރޭގައި ފޮރުވައިގެން ސައޫދީ އަރަބިއްޔާ އަށް އެތެރެ ކުރި، މަސްތުވާ އެއްޗެއް ކަމަށްވާ އެމްފެޓަމީން ގުޅަތައް، ސައޫދީ ސަރުކާރުގެ އޮފިޝަލަކު ދައްކައިލަނީ
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސީރިޔާގެ ހަ މީހަކާއި ޕާކިސްތާނުގެ ދެ މީހެކެވެ. އެމީހުންގެ މައްސަލަ ސައޫދީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ސައޫދީ ނާކޮޓިކްސް ކޮންޓްރޯލްގެ ތަރުޖަމާނު ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގެ އަލް ޔައުމް ދުވަހު ނޫހުގެ ކޮލަމިސްޓް އިބްރާހީމް ބަހްތީގް ބުނާ ގޮތުގައި ސައޫދީގެ ކުށްވެރިންނާއި ގޭންގުތަކުގެ މެންބަރުންގެ މެދުގައި މިހާރު އަންނަނީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވަގު ވިޔަފާރި ކުރުން ފުޅާވަމުންނެވެ. އެކަމުގެ ސަބަބުން މުޖްތަމައުގައި ހަމަނުޖެހުން އުފެދި އަނިޔާވެރި އަމަލުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.
އޭނާ ބުނި ގޮތުގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރާ މީހުންގެ މައިގަނޑު އަމާޒަކަށް ހަދާފައިވަނީ ސައޫދީ އަރަބިއްޔާގެ ޒުވާނުންނާއި ކުޑަކުދިންނެވެ. ވަކިން ޚާއްސަކޮށް ވަޒީފާއެއް ނެތި އުޅެމުންދާ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެއްސުމަށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑްރަގް ގެނައި ޕާކިސްތާނުގެ މީހާގެ ބަންދު އިތުރުކޮށްފި
ޕާކިސްތާނު މީހުން ބޮޑުކަމުދިޔައިރު 2.8 ކިލޯ ގްރަގް
ޑްރަގާ އެކު އައި ޕާކިސްތާނުގެ ގްރޫޕެއް އަތުލައިގެންފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
ހަނގުރާމަތެރޭ ދެ ފިރިން މަރުވެ ދަރިންނާއެކު ބިކަވެފައި
ދިވެހި އިސް "ޓެރަރިސްޓަކު" ރާއްޖޭން ހައްޔަރުކޮށްފި
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
އެއް ބިލިއަންގެ ޑްރަގްގެ މައްސަލާގައި އެންމެން ބަންދަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް