16 ޑިސެމްބަރ 2021
މިދިޔަ ހަތަރު މަސް ތެރޭ ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 1،480 ކިލޯ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށް ދެ ގައުމުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ހަތަރު މަސް ތެރޭ ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 1،480 ކިލޯ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށް ދެ ގައުމުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ހަފުތާގައި ވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިން ވަނީ އެ ގައުމަށް އެތެރެކުރަން އުޅުނު 250 ކިލޯގެ ޑްރަގްސް އަތުލައިގަނެ އެހެން ގައުމެއްގެ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ސްރީ ލަންކާ އިން ބުނީ މަސްވެރިކަން ކުރާ އުޅަނދެއް ޑްރަގްސްއާ އެކު އަތުލައިގަތީ ސްރީ ލަންކާގެ ދެކުނުން 1،665 ކިލޯމީޓަރު ދުރުން ކަމަށެވެ.
މިދިޔަ އޯގަސްޓް މަހުން ފެށިގެން މިހާ ހިސާބަށް ސްރީ ލަންކާ އިން އެކަނި ވެސް ވަނީ ކަނޑުމަތިން 1،046 ކިލޯގެ ޑްރަގްސް އަތުލައިގެންފަ އެވެ. އަދި ޜާއްޖޭން ވެސް ވަނީ މި އަހަރު ކަނޑުމަގުން އެތެރެކުރި 400 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފަ އެވެ. އެއީ އޮކްޓޫބަރު މަހު އަތުލައިގަތް 100 ކިލޯ އާއި 215 ކިލޯގެ އިތުރުން މި މަހު އަތުލައިގަތް 119 ކިލޯގެ ޑްރަގްސް އެވެ.
އަޅުގަނޑުމެން މި އަންނަނީ ކަނޑުމަގުން ޑްރަގް ޓްރެފިކްކުރާ މީހުންނާ ދެކޮޅަށް ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ގުޅިގެން މަސައްކަތްކުރަމުން: އިންޑިއާ ކަސްޓަމްސް
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ "ދަ ހިންދޫ" އިން އިއްޔެ ބުނީ ކަނޑުމަގުން ޑްރަގް ޓްރެފިކް ކުރުމަށް ނެޓްވޯކްތަކުން ހިންގާ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށާއި އަފްޣާނިސްތާނުން ޕާކިސްތާނަށް ހެރޮއިން ގެންގޮސް އެތަނުން ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާ އަށް އެ ތަކެތި ސަޕްލައިކުރާ ކަމަށެވެ. އެހެންވެ އެކަމާ ދެކޮޅަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އިންޑިއާގެ ކަސްޓަމްސް އޮފިޝަލަކު ހިންދޫ އަށް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން މި އަންނަނީ ކަނޑުމަގުން ޑްރަގް ޓްރެފިކްކުރާ މީހުންނާ ދެކޮޅަށް ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ގުޅިގެން މަސައްކަތްކުރަމުން،" އިންޑިއާގެ ކަސްޓަމްސް އޮފިޝަލަކު ދަ ހިންދޫ އަށް ވިދާޅުވެފައިވެ އެވެ.
ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެންމެ ފަހުން އަތުލައިގަތް ޑްރަގް ޝިޕްމަންޓް
އިންޑިއާގެ ކަސްޓަމްސް އޮފިޝަލް ވިދާޅުވީ ތަހުގީގަށް މިހާ ހިސާބަށް އެނގިފައިވާ ގޮތުގައި މިހާރު މި ފެންނަ ޑްރަގްސް އަކީ ޕާކިސްތާނުގައި އުފައްދާ ނުވަތަ އެ ގައުމަށް އަފްޣާނިސްތާނުން ސަޕްލައިކުރާ ޑްރަގްސް ކަމަށެވެ.
"...އާންމު ގޮތެއްގައި މި އެއްޗެހި ކުދި އެތިކޮޅުކޮޅުން ފޮނުވަނީ ޕާކިސްތާނާގެ ލާހޯރާއި ފައިސަލްއާބާދަށް. އަދި މަސްބޯޓްތަކުގައި ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާ އަށް ސަޕްލައިކުރަަން އެތަނުން ކަރާޗީ ނުވަތަ ވަދާރް އަށް ފޮނުވާލާ،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެންމެ ފަހުން އަތުލައިގަތް ޑްރަގް ޝިޕްމަންޓް
އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި މަޝްހޫރު އޯޓްސްއަކާއި ގޮދަން ފުށެއްގެ ލޭބަލްގައި ޑްރަގްސް ބަންދުކުރުން ވަރަށް އާންމު ކަމަށް 2019 ވަނަ އަހަރު އަތުލައިގަނެވުނު ޑްރަގްސް ޝިޕަމަންޓްތަކަށް ބެލުމުން އެނގެ އެވެ.
ހެރޮއިން އުފެއްދުމަށް ބޭނުންކުރާ އޮޕިއަމް އަފްޣާނިސްތާނާއި ޕާކިސްތާނުގައި ފޮނުވަނީ ވަކިން ވެރިކަން ހިންގާ ގަބީލާ ސަރަހައްދުތަކަށް ކަމަށް ފާހަގަވެފައިވާ ކަމަށް ވެސް އިންޑިއާގެ ތަހުގީގީ ހޯދުންތަކާ ހަވާލާދީ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
"ކަނޑުމަގުން ޑްރަގްސް ޓްރެފިކްކުރާ ނެޓްވޯކްތަކުގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާގެ ކުށްވެރިންގެ ގޭންގުތަކުގެ އިތުރުން، ޖަލުތަކުގައި ތިބި ޕާކިސްތާނު މީހުން ވެސް ބައިވެރިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭ ފުލުުހުން މި ހަފްތާގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ޑްރަގްސް އެއް ބައި. -- ފޮޓޯ: ޕޮލިސް
ޑްރަގް ޓްރެފިކިންގެ މައްސަލައަށް ހެދި "މިހާރު" ގެ "މެދުސަފުހާ" އަށް ދިވެހި ފުލުހުން ވެސް ކުރިން ބުނެފައިވާ ގޮތުގައި ޑްރަގް ޓްރެފިކިން މައްސަލަތުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ބޭރު މީހުން ޖަލުގައި ތިބެގެން ވެސް ޑްރަގް ނެޓްވޯކްތައް އޮޕަރޭޓްކުރެ އެވެ.
އިންޑިއާ އިން ބުނި ގޮތުގައި މީގެ އެއް ނެޓްވޯކަކީ ސްރީ ލަންކާގެ "އަންޑަވޯލްޑް ޑޮން" އަންގޮޑަ ލޮކާ އެވެ. އޭނާ އިންޑިއާގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުއްޓާ ފިލައިގެން 2017 ވަނަ އަހަރު ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. އެކަމަކު ޝައްކު އުފެދޭ ގޮތަށް މަރުވެފައި އޮއްވައި އޭނާ ފެނުނީ ޓެމިލް ނާޑޫގެ ކޮއިމްބަތޫރުންނެވެ. މިދިޔަ މަހު ވަނީ އޭނާއާ އެންމެ ގާތް އެކަކު ކަމަށްވާ އަތުރުގިރިޔޭ ލަޑިޔާ ހައްޔަރުކޮށްފަ އެވެ.
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ޑްރަގް ގެނައި ޕާކިސްތާނުގެ މީހާގެ ބަންދު އިތުރުކޮށްފި
2500 ކިލޯގެ ޑްރަގް ޝިޕްމަންޓުގައި ރާއްޖޭގެ ތަކެތި
ޕާކިސްތާނު މީހުން ބޮޑުކަމުދިޔައިރު 2.8 ކިލޯ ގްރަގް
ޑްރަގާ އެކު އައި ޕާކިސްތާނުގެ ގްރޫޕެއް އަތުލައިގެންފި
ޑްރަގް ގެނައި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް
ޑްރަގްގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިއެއް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!