31 ޖުލައި 2023
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މި އަހަރު އަތުލައިގަތް 2،500 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އަށް ފޮނުވަން ހުރި މަސްތުވާތަކެތި ވެސް ހިމެނޭ ކަމަށް އެ މައްސަލައިގެ ދައުވާގައި ބުނެފި އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މި އަހަރު އަތުލައިގަތް 2،500 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އަށް ފޮނުވަން ހުރި މަސްތުވާތަކެތި ވެސް ހިމެނޭ ކަމަށް އެ މައްސަލައިގެ ދައުވާގައި ބުނެފި އެވެ.
އެންސީބީ އިން މި އަހަރުގެ ކުރީކޮޅު އަތުލައިގެންފައި ވަނީ 2،500 ކިލޯގެ މެތަމްފެޓަމިން ހިފައިގެން ދަތުރުކުރި އުޅަނދެކެވެ. އެ ބޯޓު އަތުލައިގަތީ ކެރެލާގެ އައްސޭރިފަށުން ދަތުރުކުރަނިކޮށެވެ.
އެންސީބީއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އެއީ މި ފަހުން އެ ގައުމުގައި އެއްފަހަރާ އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް ޝިޕްމަންޓު ކަމަށެވެ.
"މިއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި މަދަޝިޕް އާއި އެހެނިހެން ކެރިއާތަކެއް ވެސް. ހުރެދާނެ ކަމަށް ޝައްކު ކުރެވޭ،" އެންސީބީ ޒޯނަލް ޑިރެކްޓަރު ޕީ އަރަވިންދާން ވިދާޅުވެފައިވެ އެވެ.
އެ މަސްތުވާތަކެއްޗާ އެކު ޕާކިސްތާނު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ތަކެއްޗަކީ ޕާކިސްތާނުގެ ޑްރަގް ކާޓެލްއެއްގެ ވެރިޔާ ހާޖީ ސަލީމްގެ ނެޓްވޯކުން ޓްރެފިކް ކުރި މަސްތުވާތަކެތި ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާންތަކުން އެނގޭ ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ.
"އެއީ ވަރަށް ޕިއޯ މެތު. ވަރަށް އަގު ބޮޑު ވާނެ. އެތަކެތި ދާން އޮތް މަންޒިލަކީ އިންޑިއާ ރާއްޖެ އަދި ލަންކާ، އިތުރު ލީޑްތައް ހޯދައި މިދަނީ ތަހުގީގު ކުރަމުން." އަރަވިންދާން ވިދާޅުވި އެވެ.
އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބުނެފައިވަނީ މި މަސްތުވާތަކެތީގެ ފަހަތުގައި ހުރި ޕާކިސްތާނު މީހާ އަކީ އޭނާގެ ދަށުން މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ގެންގުޅޭ މީހެއް ކަމަށެވެ.
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
ޑްރަގް ގެނައި ޕާކިސްތާނުގެ މީހާގެ ބަންދު އިތުރުކޮށްފި
ޕާކިސްތާނު ޒުވާނަކު 5 މިލިއަނުގެ ޑްރަގާ އެކު ހައްޔަރު
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ޕާކިސްތާނު މީހެއްގެ އަތުގައި 13 މިލިއަންގެ ޑްރަގްސް
ޕާކިސްތާނު މީހުން ބޮޑުކަމުދިޔައިރު 2.8 ކިލޯ ގްރަގް
ޑްރަގާ އެކު އައި ޕާކިސްތާނުގެ ގްރޫޕެއް އަތުލައިގެންފި