ޑްރަގް ވިޔަފާރީގެ ނެޓްވޯކެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށްލުމާ އެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
14 ސެޕްޓެމްބަރ 2025
ޑްރަގް ވިޔަފާރީގެ ނެޓްވޯކެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށްލުމާ އެކު، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވީ ޅ. ހިންނަވަރު، ސުވާސާގެ މުހައްމަދު އަފްލާހް އަބްދުﷲގެ މައްޗަށެެވެ.
އެއީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރި ގދ. ތިނަދޫ ރަންގަލް ހަސަން ލޫތާއި އާއި ހަސަން ރަޝީދު، ފްލެޓް ނަންބަރު 01-ޖީ-45 އާއި ތ. ތިމަރަފުށީ ވައިޓްރޯސް އިސްމާއިލް ޝަރީފްއާ ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ޖެނުއަރީ 12، 2021 ގައި އެ މީހުން ހައްޔަރުކުރީ މާލޭގެ ބައެއް ގޭގެ އާއި ގެސްޓް ހައުސްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ރައްކާކުރާ މައުލޫމާތު ލިބިގެންނެވެ.
އެ މައުލޫމާތާ ގުޅިގެން ގެސްޓް ހައުސްއަށް ގޮސް އެ ތަނުގައި އިސްމާއިލް ޝަރީފް ހުރި ކޮޓަރި ބަލައިފާސްކުރަމުން ދަނިކޮށް އެ ތަނަށް އަފްލާހް ގޮސް 7،800ރ. އާ އިސްމާއިލް ޝަރީފާ ހަވާލުކުރި ކަމަށާއި އެ ކަމަކު އެ ފައިސާއަކީ އެ މައްސަލައާ ގުޅޭ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ އޭނާ ވެސް ހައްޔަރުކުރި ކަމަށް ހުކުމްގައިވެ އެވެ.
ފުލުހުން ބެލި ކޮޓަރީގައި ހުރި ރަބަރު ޕެކެޓުތަކަކާއި ފޮއިލްކޮޅުގައި ވެސް ޑައިމޯފިން ހުއްޓެވެ. އެ މައްސަލާގައި ހިމެނޭ އެހެން ތަނެއް ބަލައިފާސްކުރިއިރު އެ ތަނުން އިސްމާއިލް ޝަރީފާއި ހަސަން ލޫތާއި ހަސަން ރަޝީދު މަސްތުވާތަކެތި ވިޔަފާރިކުރި ކަމުގެ ހެކި ލިބިފައިވާއިރު، އެ މީހުންނާ ގުޅިގެން އަފްލާހު ވެސް އެ ވިޔަފާރީގައި ބައިވެރިވެފައިވާކަން އެ މައްސަލާގައި ފޯނުތަކުން ފެނިފައިވާ މުއާމަލާތްތަކުންނާއި އެ މީހުންގެ ބޭންކް ޓްރާންސެކްޝަންތަކުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ.
އެެކަމަކު އަފްލާހުގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް އޭނާ ބުނެފައި ވަނީ އިސްމާއިލް ޝަރީފްއާ ހަވާލުކުރި ފައިސާއަކީ އެޕާޓްމަންޓެއް ކުއްޔަށް ހިފުމުގެ ގޮތުން އޭނާއަށް ރައްދުކުރަން އެހެން މީހަކު ހަވާލުކުރި ފައިސާ ކަމަށެެވެ. އަދި އެހެން މީހުންނާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏަސް، އެކަމާ ގުޅިގެން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނީ އޭނާއާ އެހެން މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުންޏަސް، ކޯލް ޑީޓެއިލްސް ޗާޓުތަކުގައިވާ ގޮތުން އޭނާ އެމީހުންނާ މުއާސަލާތު ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އޮޕަރޭޝަން ހިންގި ދުވަހު އެ މައްސަލާގައި ހިމެނޭ އެހެން މީހެއްގެ އެކައުންޓަށް 15،000ރ. އަފްލާހް ޖަމާކޮށްފައިކަން ބޭންކް ސްޓޭޓްމަންޓުން ދައްކާ ކަމަށެވެ.
އެފަދަ ސަބަބުތަކާ ހުރެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ މާއްދީ ރުކުނާއި މައުނަވީ ރުކުން އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދީފައިވާތީ އެ ދައުވާ ސާބިތުވާ ކަމަށެވެ.
ހުކުމްގައި ބުނީ ހުށަހެޅިފައިވާ ހެކިތަކަށް ބެލުމުން، އެ މައްސަލައިގެ ހާދިސާގައި ހިމެނޭ ފަރާތްތައް ރާވައިގެން އިންތިޒާމުވެގެން މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކޮށްފައިވާކަން ހާމަވާ ކަމަށެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބޮޑެތި އަދަދުތަކުން ފައިސާ ފެނިފައިވާއިރު ހުކުމްގައި ވަނީ ހާދިސާގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް އުފުލި ދައުވާ ވެސް ސާބިތުވެފައިވަ ކަމަށެވެ.
އެހެންވެ، 18 އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު 2 ލައްކަ ރުފިޔާ އިން ޖޫރިމަނާކުރީ އެވެ. އަދި އެ ފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އެ މައްސަލާގައި އަފްލާހްގެ މައްޗަށް ހުކުމްކުރިއިރު ލޫތާއި ހަސަން ރަޝީދާއި އިސްމާއިލް ޝަރީފްގެ އިތުރުން ޝާނިޔާ އިބްރާހިމް، މއ. ހަސްލަތު ގެ މައްޗަށް ކްރިމިނަލް ކޯޓުން އޭރު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމާއެކު، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ހުކުމްކޮށްފަ އެވެ.
އެ އޮޕަރޭޝަންގެ ތެރެއިން 1.4 މިލިއަން ރުފިޔާ ފުލުހުން ހޯދި އެވެ.
ޑްރަގް ފައިސާ ލޯންޑާކުރި މައްސަލަ އަލުން ބަލަނީ
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 7މީހުން ދޫކޮށްލައިފި
ޝަމްއާންގެ ޝަރީއަތް ފަށައިފި، އެކަކު އިއުތިރާފުވެއްޖެ
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޑްރަގްސް ފެނުނު ބޯޓުގެ ކެޕްޓަންގެ ބަންދަށް 15 ދުވަސް
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް