14 ނޮވެމްބަރ 2022
ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ އަންހެނެއްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.
ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ އަންހެނެއްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.
ގދ. ތިނަދޫ ލަކީލާސްޓާ، ރާމިޒާ އަލީގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކުވާ ފައިސާ އިން އޭނާ މުއާމަލާތުކުރި ކަަމަށް ބުނެ އެވެ. އެކަމަކު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމިއިރު ކްރިމިނަލް ކޯޓުން ނިންމީ މައްސަލަ ބޭރުކޮށްލާށެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމަށް ފަހު، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމިއިރު މައްސަލަ ބޭރުކޮށްލާފައި ވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތް ނިންމަން ޖެހޭނީ މައްސަލަ މައުޟޫއީ ގޮތުން ބެލުމަކާ ނުލައި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމާއެކު، ރާމިޒާގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
ރާމިޒާ އާއި އޭނާގެ ފިރިމީހާ އާއި ދަރިިފުޅުގެ އެކައުންޓްގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، އެ ދެ މީހުން އުޅޭ ގެއިން ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ދެ ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ދޫކޮށްލީ ގޯސްކޮށް
119 ކިލޯ ޑްރަގް: އެކަކު ދޫކޮށްލުމުން ހައިކޯޓަށް
ހުނޫ ދެވަނަ ފަހަރަށް ދޫކޮށްލީ ރަނގަޅަށް: ހައިކޯޓް
72 ކިލޯ ޑްރަގް: ހެކިތަކެއް ބަލައިގަންނަން އަންގައިފި
72 ކިލޯ ޑްރަގް: ބޭރުކޮށްލި މައްސަލަ އަލުން ބަލަނީ
130 ކިލޯ ޑްރަގް: ދޫކުރި ދެ މީހުން އަލުން ބަންދަށް
އާޒިމާއަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ހައި ކޯޓް
130 ކިލޯ ޑްރަގު: ދެ މީހުން ދޫކުރި މައްސަލަ ފަށަނީ