02 އޮކްޓޯބަރ 2022
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާލިބޭ، ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާލިބޭ، ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މާޗް މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހުނޫ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ ހުނޫ ދޫކޮށްލައިފަ އެވެ. އެ ނިންމުން މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރި އެވެ.
ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލުމަށެވެ. އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުނޫ ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުގެ އިހްތިޔާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ހުކުމުގައިވަނީ އިހްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓުތަކަށް ވަދެ، ބަސް ބުނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައި ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާއިރު، މި މައްސަލާގައި އެފަދަ ހާލަތެއް އޮތްކަން ދައުލަތަށް ނުދެއްކޭ ކަމަށެވެ.
އެހެންވެ، ހުނޫ ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައިކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރިޔާސަތަކީ ފަރުހީޒާ އެވެ.
ހައި ކޯޓުން ވެސް ޕެސްޓް ބަންދުން ދުލެއް ނުކުރި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
ޕެސްޓްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ދެ ކިލޯ ޑްރަގް މައްސަލަ: ދެ މީހުން ދޫކޮށްލީ ގޯސްކޮށް
119 ކިލޯ ޑްރަގް: އެކަކު ދޫކޮށްލުމުން ހައިކޯޓަށް
ޑްރަގް ފައިސާ ލޯންޑާކުރި މައްސަލަ އަލުން ބަލަނީ
"ޑްރަގް ފެނުނު ފަންކާ ބޯޓަށް ގެންދިޔަ މީހުން ނޭނގޭ"
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ބަލައިގަނެވޭނެ:ސުޕްރީމްކޯޓް