Roadha Mihaaru
ޕެސްޓްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް

ޕެސްޓްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

03 ޑިސެމްބަރ 2023

މަސްތުވާތަކެތީގެ މައްސަލައެއްގައި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލައެއްގައި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޕެސްޓާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ފެބްރުއަރީ، 2021 ގައި ބޯޓަކަށް އެރުވި ފަންކާއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތުކޮށެވެ. އެ މީހުންގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް ކުރި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ކުށް ސާބިތުނުވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޕެސްޓްގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމި މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތައް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ޕެސްޓް ހައްޔަރުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވެ އެވެ.