20 ސެޕްޓެމްބަރ 2022
ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ބޭންކް ސްޓޭޓްމަންޓްތައް ދަށު ކޯޓަށް ބަލައިގަނެވޭނެ ކަމަށާއި އެކަމަކު ހެކި ހޯދި ގޮތާ މެދު ދަށު ކޯޓުން އަލުން ގޮތް ނިންމިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާގެ ބޭންކް ސްޓޭޓްމަންޓްތައް ދަށު ކޯޓަށް ބަލައިގަނެވޭނެ ކަމަށާއި އެކަމަކު ހެކި ހޯދި ގޮތާ މެދު ދަށު ކޯޓުން އަލުން ގޮތް ނިންމިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ޕެސްޓާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ތަކެތި ބަލައިނުގަތުމަށް އެ ކޯޓުން ނިންމި އެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމީ އެ ސްޓޭޓްމަންޓްތައް ހޯދީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ ޕެސްޓްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ ބޭންކް ސްޓޭޓްމަންޓްތައް ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ޕެސްޓްގެ ފަރާތުން ދެއްކިފައި ނުވާތީ އެ ހެކި ދަށު ކޯޓުން ބަލައިގަންނަންޖެހޭ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.
އެކަމަކު އެއީ ގާނޫނާ އެއްގޮތަށް ހޯދި ހެއްކެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުން އިއްވެވި އެ ހުކުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި އެ ހުކުމުގައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ވަކި ހެއްކެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަކީ ޝަރީއަތުގެ މަރުހަލާގައި އެ ހެކީގެ ސައްހަކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ބަންދުވާނެ ކަމެއް ނޫން ކަމަށްވާތީ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ޕެސްޓްގެ އެކައުންޓްތައް ސްޓޭޓްމަންޓް ހޯދި ގޮތާ މެދު ދެ ފަރާތުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ އެއީ ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގައި ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އޮތް ކަމަކަށް ވާއިރު، އެ އަށް އަސަރުކުރާ ގޮތަކަށް އެހެން ކޯޓަކުން އެ ހެއްކާ މެދު ގޮތް ނިންމައިގެން ނުވާނެ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ބަލައިގަތުމަށް ހައި ކޯޓުން އެންގި އެންގުން ރަނގަޅު ކަމަށެވެ. އެކަމަކު އެ ހެކި ހޯދި ގޮތާ މެދު ސުވާލު އުފެދޭ ނަމަ، އެކަމާ މެދު ދެން ގޮތެއް ކަނޑައެޅެން ޖެހޭނީ ދަށު ކޯޓުގެ ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އޭނާގެ ރައުޔަކީ ހެއްކެއް ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމުމަށް ފަހު އެކަމާ މެދު އެ ކޯޓުގައި އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ. އަދި ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް އޭނާ ތާއީދު ކުރެއްވި އެވެ.
ކޯޓު އަމުރެއް ނެތި އެފަދަ މައުލޫމާތު ހޯދޭ ގޮތަށް ގާނޫނުގައި އޮތުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ވެސް ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު އެ ކޯޓުން ނިންމީ އެއީ ހައި ކޯޓުގައި ވާހަކަ ދެއްކެވިފައިވާ ކަމަށް ނުވާތީ އާއި ދުސްތޫރީ މައްސަލައިގެ ތެރެއިން ނޫން ގޮތަކަށް އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.
ހައި ކޯޓުން ޕެސްޓަށް ވަކީލެއްގެ އެހީތެރިކަން ގެއްލޭ ގޮތަށް އަމަލުކުރި ކަމަށް ވެސް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުންޏެވެ. އެ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމީ އެފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭތީ ވަކީލެއް ހަމަޖައްސަން ހައި ކޯޓުން ޕެސްޓަށް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށެވެ.
ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޕެސްޓާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މީހުން ހައްޔަރު ކުރުމަށް ފަހު އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެ އެވެ.
ޕެސްޓްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ހުނޫ ދެވަނަ ފަހަރަށް ދޫކޮށްލީ ރަނގަޅަށް: ހައިކޯޓް
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްގެ މައްސަލަ ސުޕްރީމް ކޯޓަށް
"އެޗްއާރުސީއެމްގެ މައްސަލަ ބަލައިނުގަތީ ރަނގަޅަށް"
ހައި ކޯޓުން ވެސް ޕެސްޓް ބަންދުން ދުލެއް ނުކުރި
ޝަހީބް ބަންދުކުރަން ނެރުނު އަމުރު ދަމަހައްޓައިފި
ޝަހީބް ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް