08 ސެޕްޓެމްބަރ 2022
މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ ބޭންކް ސްޓޭޓްމަންޓްތައް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބަލައިގަންނަން އެންގި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ ބޭންކް ސްޓޭޓްމަންޓްތައް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބަލައިގަންނަން އެންގި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، ދައުވާ ކުރާއިރު ޕެސްޓްގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެ އެވެ.
އެ މައްސަލާގައި ހެކީގެ ގޮތުގައި ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި އެވެ. އެކަމަކު އެ ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ނިންމި އެވެ.
އެ ނިންމުން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ދާދިފަހުން ނިންމާފައިވަނީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވަނީ ރަނގަޅަށް ކަމަށާއި އަދި ކްރިމިނަލް ކޯޓުން އެ ހެކި ބަަލައިގަންނަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފްކުރަން ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފުތާ ތެރޭގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލައާ ގުޅިގެން ޕެސްޓް އަދިވެސް ހުރީ ބަންދުގަ އެވެ.
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
ހުނޫ ދެވަނަ ފަހަރަށް ދޫކޮށްލީ ރަނގަޅަށް: ހައިކޯޓް
"ޑްރަގް ފެނުނު ފަންކާ ބޯޓަށް ގެންދިޔަ މީހުން ނޭނގޭ"
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ބަލައިގަނެވޭނެ:ސުޕްރީމްކޯޓް
ހައި ކޯޓުން ވެސް ޕެސްޓް ބަންދުން ދުލެއް ނުކުރި
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޖަލުގައި ޑްރަގް ގެންގުޅުމުން އުމުރަށް ޖަލަށް
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް