Roadha Mihaaru
ދިވެހި އިސް "ޓެރަރިސްޓަކު" ރާއްޖޭން ހައްޔަރުކޮށްފި

ދިވެހި އިސް "ޓެރަރިސްޓަކު" ރާއްޖޭން ހައްޔަރުކޮށްފި

29 ޖޫން 2016

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އިން ބޭރަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއްގެ އިސް މަގާމެއްގައި އަހަރުތަކެއް ވަންދެން އުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ރޯދައިގެ ކުރިން ރާއްޖެ އައި މި މީހާ ހަނގުރާމަވެރި ޖަމާއަތަކާ ގުޅުމަށް ގައުމު ދޫކޮށް އޭނާގެ އާއިލާއާ އެކު ގޮސްފައި ވަނީ 2007 ވަނަ އަހަރު ކަމަށް ވަނީ އެނގިފަ އެވެ. އޭނާ ހަނގުރާމައިގައި އުޅުނީ ކޮން ގައުމެއްގައި ކަމެއް ކަށަވަރުކުރެވޭ ގޮތެއް ނުވެ އެވެ. ނަމަވެސް އެ ދުވަސްވަރު ހަނގުރާމަ އަށް ދިޔަ ގިނަ ދިވެހިން ގޮސްފައި ވަނީ ޕާކިސްތާނަށެވެ. ސީރިއާގައި އޭރު ހަނގުރާމައެއް ނުފަށަ އެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުން ހުރި އެތައް ބަޔަކު ރާއްޖެ އިން ބޭރަށް ގޮސް ފިލާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ޕާކިސްތާނަށެވެ. ނަމަވެސް މިއީ ބޮމުގެ ހަމަލާއާ ގުޅުން ހުރި މީހެއް ނޫނެވެ.

ދިވެހި ފުލުހުން މި މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ އަލުން ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެ ރާއްޖެ އައުމާ އެކުގަ އެވެ. ނަމަވެސް ރާއްޖެ އިން ބޭރުގައި ތިބި އޭނާގެ އާއިލާގެ މީހުން މިހާތަނަށް ރާއްޖެ އައި ކަމެއް ނޭނގެ އެވެ.

ހައްޔަރުކުރި މީހާގެ ނަމެއް އަދި ނޭނގެ އެވެ. އެ މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ވަނީ 15 ދުވަސް ދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މީހާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއްގެ ވަރަށް އިސް މީހެއްގެ ގޮތުގަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އަދި ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީ ވެސް ކުށެކެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވާ އިރު އެ ހަނގުރާމަ އަށް ދާން އުޅެނިކޮށް ވެސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ދިވެހި ހަނގުރާމަވެރިއަކު ރާއްޖެ އައި ފަހުން ހައްޔަރު ކުރި އިރު، ދިވެހިންގެ ކަންކަން ބެލެހެއްޓުން މިހާރު ވަނީ އެމެރިކާގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމުން ވަކިކޮށްފަ އެވެ. ރާއްޖެ އައިސް ގޮސްވާ ދިވެހިންގެ ހަރަކާތްތައް މޮނިޓަ ކުރަން ޖަރުމަނުގެ ސިސްޓަމެއް ބަހައްޓައި ބޭނުން ކުރަމުން އަންނަ އިރު، ޓެރަރިސްޓުންގެ ހަރަކާތްތައް ބެލުމުގައި އެމެރިކާގެ ޕައިސިސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. މި ސިސްޓަމްގެ ދައުރު ހަނިކުރުމުން އެމެރިކާ އިން އެންމެ ކަންބޮޑު ވަނީ ވެސް އެހެންވެ އެވެ.