Roadha Mihaaru
ހަނގުރާމައަށް ދާ ދިވެހިން ގެންނާކަށް ނުޖެހޭ؛ ނަޝީދު

ހަނގުރާމާގައި ބައިވެރިވާ ދިވެހިން އަނބުރާ ގެންނާކަށް ބޭނުމެއް ނޫން: ނަޝީދު

15 ޖޫން 2019

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާ ދިވެހިން އަނބުރާ ރާއްޖެ ގެންނަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާ ދިވެހިން އަނބުރާ ރާއްޖެ ގެންނަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާއަށް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، ނަޝީދު ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ހަނގުރާމަވެރިން އެހެން ގައުމުތަކަށް ފެތުރިގަންނަން އަބަދުވެސް ބޭނުންވާ ކަމަށާއި އެކަމަކު އޭގެ ތެރޭގައި ހިމެނޭ ދިވެހިންނަށް އެނބުރި ރާއްޖެ ނާދެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ މީހުން އަނބުރާ ގެނަޔަސް، އެ މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"އެ މީހުންގެ ފަރާތުން މުޖްތަމައަށް އިތުރު ނުރައްކަލެއް ވިޔަ ނުދިނުމަށްޓަކައި އެ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ގޮތްތަކެއް ވެސް އަޅުގަނޑުމެންގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވެފައި ތިބި މީހުން އަނބުރާ ގެނައުމުގެ މައްސަލަތަކަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެކަމުގައި ހައްލުތަކެއް ހޯދަން ބައިނަލްއަގުވާމީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ މީހުން ސީދާ އެ މީހުންގެ ގައުމަށް އަނބުރާ ނުގެނަޔަސް، އެހެން އިންތިޒާމްތަކެއް ހަމަޖެއްސުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހިއެއް ނުވޭ އަޅުގަނޑުމެންނަށް މިހެން ތިބެފައި ބުނެވިދާނެހެނެއް އެންމެ ފުރަތަމަ ލިބެން އޮތް ފްލައިޓަކުން އެ މީހުންނަށް އަނބުރާ އާދެވިދާނޭއެކޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރެއިން 160 އަށް ވުރެ ގިނަ މީހުން ބޭރު ގައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވަމުންދާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ނިސްބަތްވާ ކަމަށް ބެލެވޭ 40 ވަރަކަށް ކުޑަކުދިން ވެސް އެ މީހުންނާ އެކު ތިބި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަކު އެ ކުދިންނަކީ ހަގީގަތުގައި ކޮންމެ ގައުމަކަށް ނިސްބަތްވާ ބައެއް ކަން ކަށަވަރު ކުރަން އުނދަގޫ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.