އިސްލާމްއާބާދު (ފެބްރުއަރީ 18) - ޕާކިސްތާނާ އެކު 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސައުދީ އަރަބިއާ އިން އިއްޔެ ސޮއިކޮށްފި އެވެ.
18 ފެބުރުއަރީ 2019
އިސްލާމްއާބާދު (ފެބްރުއަރީ 18) - ޕާކިސްތާނާ އެކު 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސައުދީ އަރަބިއާ އިން އިއްޔެ ސޮއިކޮށްފި އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ގްވަދަރުގައި އަށް ބިލިއަން ޑޮލަރުގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ވަނީ ޕެޓްރޯކެމިކަލް އާއި މައިނިން ސެކްޓަރާ ގުޅޭ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފަ އެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެކު ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަމިއްލަފުޅަށް ކާރު ދުއްވާފައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ޕާކިސްތާނުގެ އިގްތިސާދަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސައުދީން މިހާރު ވެސް ވަނީ ހަ ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި ފޮރިން ރިޒާވްގެ ގޮތުގައި މިހާރު ހުރީ އަށް ބިލިއަން ޑޮލަރެވެ.
ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނާއި ސައުދީ އަރަބިއާގެ ގުޅުން މީގެ ކުރިން ރަނގަޅު ނުވާ މިންވަރަށް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވަނީ ސައުދީ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފަ އެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއާގެ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ޕާކިސްތާނުގެ އިތުރުން ސައުދީ ވަލީ އަހުދު ނުވަތަ އެމްބީއެސްގެ ނަމުން މަޝްހޫރު ޕްރިންސް މުހައްމަދުގެ އޭޝިއާ ދަތުރުފުޅުގައި އިންޑިއާ އާއި ޗައިނާ އަށް ވެސް ވަޑައިގަންނަވާނެ އެވެ. އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޕެޓްރޯލިއަމް މިނިސްޓަރު ދަރުމެންދުރަ ޕްރަދާންއާ ޕްރިންސް މުހައްމަދު ބައްދަލު ކުރައްވާނެ އެވެ. ޗައިނާ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.
ސައުދީގެ ކްރޫޑް އޮއިލް އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާ އެވެ.
ކަޝްމީރުގެ މަޝްރަހު ހަމައަކަށް އަޅުވައިދޭނަން: ސައުދީ
ސައުދީ ވަލީ އަހުދަށް ރަން ޕްލޭޓްލީ ބަޑިއެއް ހަދިޔާކޮށްފި
ސައުދީގައި ތިބި ޕާކިސްތާނުގެ ގައިދީން މިނިވަން ކުރަނީ
ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަަރަފް ޕްރިންސް މުހައްމަދަށް
ޕްރިންސް މުހައްމަދުގެ ދަތުރަށް 750 ކޮޓަރި ބުކްކޮށްފި
ސައުދީ ވަލީ އަހުދުގެ ދަތުރަަށް ފަސް ޓްރަކުގެ ސާމާނު
ޕާކިސްތާނާއި ސައޫދީން ދިފާއީ އެއްބަސްވުމެއް
ސީރިއާގެ ލީޑަރާއި ސައޫދީ ވަލީއަހުދުގެ ބައްދަލުވުމެއް
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ