Roadha Mihaaru
ވެއްޓުނު ޕާކިސްތާނުގެ ބޯޓުން އެކަކުވެސް ސަލާމަތެއް ނުވި

ވެއްޓުނު ޕާކިސްތާނުގެ ބޯޓުން އެކަކު ވެސް ސަލާމަތެއް ނުވި

08 ޑިސެމްބަރ 2016

އިސްލާމްއާބާދު (ޑިސެމްބަރު 8) - ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާ ބޯޓުން ދަތުރުކުރި 48 މީހުންގެ ތެރޭން އެކަކު ވެސް ސަލާމަތް ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޑިސެމްބަރު 8) - ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ މަތިންދާ ބޯޓުން ދަތުރުކުރި 48 މީހުންގެ ތެރޭން އެކަކު ވެސް ސަލާމަތް ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕީއައިއޭ ފްލައިޓް ޕީކޭ-661 ވެއްޓުނީ އުތުރުގެ ސިޓީއެއް ކަމަށްވާ ޗިޓްރަލް އިން ވެރިރަށް އިސްލާމްއާބާދަށް ދަތުރު ކުރަނިކޮށެވެ. ބޯޓު ވެއްޓިފައި ވަނީ ޗިޓްރަލް އިން ނައްޓާލިތާ 90 މިނިޓް ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭޓީއާރު -42 މަރުކާގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފަހުން ދީނީ އިލްމުވެރިއަކަށް ބަދަލުވެފައިވާ ޖުނައިދު ޖަމްޝީދާއި އޭނާގެ އަންހެނުން ހިމެނެ އެވެ. ޓްވިޓާ އިން ޖަމްޝީދު ފޮލޯކުރާ ބައި މިލިއަނެއްހާ މީހުން ދަނީ ތައުޒިޔާ ކިޔަމުންނެވެ. ޖަމްޝީދު މިއުޒިކާ ދުރުވެ ދީނީ ކަންކަމަށް އިސްކަން ދޭން ފަށާފައި ވަނީ ސެޕްޓެމްބަރު 11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެވެ. ބޯޓުން ދަތުރުކުރީ 42 ފަސިންޖަރުންނާއި ފަސް ފަޅުވެރިންނާއި ގްރައުންޑް އިންޖިނޭރެކެވެ.

ވެއްޓުނު ޕީއައިއޭގެ ބޯޓުން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ވެއްޓުނު ޕީއައިއޭގެ ބޯޓުން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޕީއައިއޭގެ ޗެއާމަން އަޒާމް ސެހުގާލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯޓުގެ ސެކިއުރިޓީ ޗެކް ގަވާއިދުން ކުރަމުންދާ ކަމަށާއި އެހެންވެ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބޯޓު ވެއްޓުން ދުރު ކަމަށެވެ. އަދި މި ހާދިސާގެ ފުޅާ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

ސެހްގާލް ވިދާޅުވީ ބޯޓުގެ އެއް އިންޖީނަށް މައްސަލަ ދިމާވެގެން ޕައިލެޓް އަންގާފައިވާ ކަމަށެވެ. އަދި އަނެއް އިންޖީނުގައި ވެސް ބޯޓު ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވ އެވެ. ބޯޓުގެ ޕައިލެޓަކީ 12،000 ގަޑިއިރު ދުއްވުމުގެ ތަޖްރިބާ ހުރި މީހެއް ކަމަށާއި އޭނާ އަކީ އޭޓީއާރު- 42 ގެ ފްލައިޓް ޓްރޭނަރެއް ކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ. ވެއްޓުނު ބޯޓަކީ 2007 ވަނަ އަހަރު އުފެއްދި ބޯޓެއް ކަމަށާއި އެ ބޯޓު އުދުހިފައި ވަނީ 18،740 ގަޑިއިރު ކަމަށް ވެސް ސެހްގާލް ވިދާޅުވި އެވެ.

ވެއްޓުނު ޕީއައިއޭގެ މަތިންދާ ބޯޓު ކައިރީ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ވެއްޓުނު ޕީއައިއޭގެ މަތިންދާ ބޯޓު ކައިރީ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

"އެއާލައިނުގައ އޭޓީއާރު އިތުރު 11 ބޯޓު އޮވޭ. ކޮންމެ 500 ގަޑިއަކުން މި ބޯޓުތައް ގެންދަނީ ޗެކް ކުރަމުން. ވެއްޓުނު ބޯޓު އެންމެ ފަހުން ޗެކްކޮށްފައި ވަނީ އޮކްޓޯބަރު މަހު،" ސެހްގާލް ވިދާޅުވި އެވެ.

ޕާކިސްތާން ސިފައިން ބުނެފައި ވަނީ ވެއްޓުނު ބޯޓުގެ ކަޅުފޮށި މިހާރު ހޯދާފައިވާ ކަމަށެވެ. ދެ އިންޖީނުލީ އޭޓީއާރު -42 ގެ ބޯޓުތައް ޕީއައިއޭ އިން ބޭނުން ކުރަނީ ކުރު ދަތުރުތަކަށެވެ. އޭޓީއާރަކީ އެއާބަސް ކުންފުންޏާއި އިޓަލީގެ ލިއޮނާޑޯ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ޕާކިސްތާނުގެ ގައުމީ އެއާލައިނަށް ވަނީ ސަލާމަތީ ބައެއް ކަންކަން ފުރިހަމަނުވާ ކަމަށް މީގެ ކުރިން ތުހުމަތުކޮށްފަ އެވެ. ޕީއައިގެ މަތިންދާ ބޯޓެއް 2006 ވަނަ އަހަރު ވެއްޓި 44 މީހުން ވަނީ މަރުވެފަ އެވެ. ސަލާމަތީ ކަންކަން ދޯދިޔާވުމުން ޕީއައިއޭގެ ބޯޓުތައް ޔޫރަޕިއަން ޔޫނިއަން އިން 2007 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ.