Roadha Mihaaru
ކަރާޗީގެ މޭޔަރުގެ މަގާމަށް ހޮވީ "ގައިދީއެއް"

ކަރާޗީގެ މޭޔަރުގެ މަގާމަށް ހޮވީ "ގައިދީއެއް"

26 އޯގަސްޓް 2016

ކަރާޗީ (އޮގަސްޓް 26) - ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީގެ މޭޔަރަކަށް ޖަލުގައި ހުރި "ގައިދީއަކު" ހޮވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަރާޗީ (އޮގަސްޓް 26) - ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީގެ މޭޔަރަކަށް ޖަލުގައި ހުރި "ގައިދީއަކު" ހޮވައިފި އެވެ.

ކުރީގެ މިނިސްޓަރު އަދި މުއްތަހިދާ ގައުމީ މޫވްމަންޓް (އެމްކިޔޫއެމް) ޕާޓީގެ ފަރާތުން ކުރިން ޕާލަމެންޓުގައި ހިމެނުނު ވަސީމް އަޚްތަރު މޭޔަރުކަން ކާމިޔާބުކުރި އިރު އޭނާ ހުރީ ސަރުކާރާ ދެކޮޅު އަމަލެއް ހިންގުމާއި ޓެރަރިޒަމުގެ ތުހުމަތުގައި ޖުލައި މަހު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ. ވަސީމް އަޚްތަރު މޭޔަރުކަން ކާމިޔާބުކުރި އިރު އެ ޕާޓީގެ ލީޑަރު އަލްތާފް ހުސައިންގެ މައްޗަށް ވަނީ ގައުމަށް ޣައްދާރުވުމުގެ ދައުވާ އުފުލައިފަ އެވެ. އަލްތާފް ހުސައިން 1992 ވަނަ އަހަރުން ފެށިގެން ދިރިއުޅުއްވަނީ ލަންޑަނުގަ އެވެ. އެކަމަކު ޕާކިސްތާނުގެ 20 މިލިއަން މީހުން ދިރިއުޅޭ ކަރާޗީގައި އަލްތާފުގެ ނުފޫޒް ވަރަށް ގަދަ އެވެ.

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު ކަރާޗީގެ މޭޔަރު ހޮވި އިންތިޚާބުގައި ވޯޓު ދެނީ. --ފޮޓޯ:އޭއެފްޕީ

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު ކަރާޗީގެ މޭޔަރު ހޮވި އިންތިޚާބުގައި ވޯޓު ދެނީ. --ފޮޓޯ:އޭއެފްޕީ

"ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ އަޅުގަނޑު ޖަލުގައި ބަހައްޓާފައި މިހުރީ މުޅިން ދޮގު ތުހުމަތުތަކެއްގައި. އެކަމަކު އަޅުގަނޑަށް މި ވަނީ ވޯޓު ދީފައި،" ވޯޓުލާ ސަރަހައްދަށް ފުލުހުންގެ ވެހިކަލެއްގައި ގެނައި އަޚުތަރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. "އަޅުގަނޑަކީ މިހާރު އެމްކިޔުއެމްގެ މޭޔަރެއް ނޫން. އަޅުގަނޑަކީ މިހާރު ކަރާޗީގެ މޭޔަރު."

އޭނާ ވިދާޅުވީ ކުށެއް ނެތްކަން ކޯޓުގައި ސާބިތުކޮށް ޖަލުން މިނިވަންވާން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާ ސަލާމަތް ނުވި ނަމަވެސް ކަރާޗީ ސިޓީ ހިންގާނީ ޖަލުގައި ހުރެގެން ކަމަށް ވިދާޅުވި އެވެ.

އަޚްތަރު ހުވާ ކުރަންވާ އިރަށް ވެސް އޭނާ މިނިވަން ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތަކަށް ޖަލަށްލާނެ ކަމަށް ބެލެވެ އެވެ.

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު ޖަލުން ނެެރެގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު ޖަލުން ނެެރެގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އަޚްތަރު ވިދާޅުވީ މިނިވަން ނުވެއްޖެ ނަމަ ސިޓީ ހިންގަން އޭނާ ގަސްދު ކުރައްވަނީ ޖަލުގައި ހުންނަވައިގެން ކަމަށެވެ. ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޖަލުގައި އަޚްތަރު އޮފީހެއް ހުޅުވާ، ވީޑިއޯ ލިންކެއް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. ޕާޓީގެ އޮފިޝަލުން ވަނީ ރަނގަޅު އޮފީހެއް އަޚްތަރެއް ހަމަޖައްސައި ދިނުމަށް ޖަލުގެ އޮފިޝަލުންގެ ކިބައިން އެދިފަ އެވެ. އަދި ޖަލުން ބޭރުގައި ބާއްވާ ބައްދަލުވުންތައް ފުލުހުންގެ ބެލުމުގެ ދަށުން ނަމަވެސް ބާއްވައިދިނުމަށް ވަނީ އެދިފަ އެވެ.

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު އާއި މޭޖަރުގެ ނައިބް އަރުޝަދު ވަހުރާ ކާމިޔާބު ނިޝާން ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ކަރާޗީގެ އާ މޭޔަރަކަށް އިންތިޚާބުކުރި ވަސީމް އަޚްތަރު އާއި މޭޖަރުގެ ނައިބް އަރުޝަދު ވަހުރާ ކާމިޔާބު ނިޝާން ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މުނިސިޕަލް ހުރިހާ އޮފިޝަލުން ބައްދަލުވެވޭވަރުގެ ޖާގަ ހުރި ހޯލެއް ޖަލުގައި ނެތް ކަމަށެވެ. އެހެންވެ އާ މޭޖަރު އޭނާގެ ނައިބް މެދުވެރިކޮށް ބައްދަލުވުންތައް ބޭއްވުން ރަނގަޅުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.