29 ނޮވެމްބަރ 2020
ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އަޒުރް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އިއްޔެ އަލުން ފަށައިފި އެވެ.
ރަޝިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އަޒުރް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އިއްޔެ އަލުން ފަށައިފި އެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ އައި ބޯޓުން އެކަނި ވެސް 500 ޓޫރިސްޓުން ވަނީ ރައްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ހުޅުމާ އެކު މިހާތަނަށް އެއް ފްލައިޓަކުން އެންމެ ގިނަ ޓޫރިސްޓުން އައި ދަތުރެވެ.
އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
އަޒުރް އެއާއިން ރާއްޖެއަށް ކުރިއަމުން އައި ދަތުރުތައް ހުއްޓާލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. ނަމަވެސް އަލުން ބޯދަރު ހުޅުވުމާ އެކު ރަޝިއާގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން މަތިވުމުން އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށަން ނިންމީ އެވެ.
With a promising record of over 500 passengers in a single flight, @AzurAir resumes its direct service today bringing a stronger hope to our toursim industry ? ✈️ ☀️ ?? ?? #VisitMaldives#ReDiscoverMaldives#worldsleadingdestination#WeAreAviation pic.twitter.com/YwHrTIaGOG
— VelanaAirport (@VelanaAirport) November 28, 2020
އަޒުރް އެއާއަށް މަރުހަބާ ކިޔައި ވީއައިއޭއިން ކުރި ޓްވީޓު--
އެ އެއާލައިނުން ވަނީ މި މަހުގެ 17އިން ފެށިގެން ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފަށައިފަ އެވެ. ނަމަވެސް މި ހަފްތާއިން ފެށިގެން ހަފްތާއަކު އެއް ދަތުރު ކުރާނެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ދަތުރުތައް އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 14،855 ވަނީ ޒިޔާރަތްކޮށްފަ އެވެ.
އެއާ އަސްތާނާއާ އެކު ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
ރަޝިއާގެ ދަތުރުތައް ބުރާސްފަތި ދުވަހު އަލުން ފަށަނީ
ހަތަރު އެއާލައިނަކުން އަލަށް ދަތުރުތައް ފަށަނީ
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް