Roadha Mihaaru
ފީފާ ބެސްޓް އެވޯޑާ މެދު މޮރީނިއޯ ސުވާލުއުފައްދައިފި

ފީފާ ބެސްޓް އެވޯޑާ މެދު މޮރީނިއޯ ސުވާލުއުފައްދައިފި

27 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 27) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑް ތެރޭގައި އުސޫލާ ހިލާފު ކަންތައްތަކެއް ހިނގާ ކަމަށް ބުނެ އެ އެވޯޑްގެ ސައްހަ ކަމާމެދު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރިނިއޯ ސުވާލުއުފައްދައިފި އެވެ.

ލަންޑަން (ނޮވެމްބަރު 27) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ދޭ ބެސްޓް އެވޯޑް ތެރޭގައި އުސޫލާ ހިލާފު ކަންތައްތަކެއް ހިނގާ ކަމަށް ބުނެ އެ އެވޯޑްގެ ސައްހަ ކަމާމެދު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރިނިއޯ ސުވާލުއުފައްދައިފި އެވެ.

ފީފާގެ އެވޯޑްގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ލީޑްސް ޔުނައިޓެޑް ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިން އާޖެންޓީނާގެ މާސެލޯ ބިއެލްސާ އާއި ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ޔާގަން ކްލޮޕާއި ބަޔާން މިއުނިކަށް ފަސް ތަށި ހޯދައިދިން އަދި ޔޫރަޕްގެ މޮޅު ކޯޗުގެ އެވޯޑް ހޯދި ހަންސީ ފްލިކާއި ސެވިއްޔާ އަށް ޔޫރޮޕާ ލީގު ހޯދައިދިން ހުލެން ލޮޕެޓެގީ އަދި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އެވެ.

އެވޯޑްތަކުގެ ނޮމިނޭޝަންތަކާ ބެހޭގޮތުން ނޫސްވެރިއަކު މޮރީނިއޯއާ ސުވާލުކުރުމުން އޭނާ ބުނީ ފީފާ އެވޯޑް ތެރޭގައި ފޮރުވިފައިވާ ކަންތައްތަކެއް އަބަދުވެސް އޮންނަ ކަމަށާއި އެ ވާހަކަތައް ދައްކާ މީހަކީ އޭނާ ކަމުގައިވާން ބޭނުންނުވާ ކަމަށެވެ.

"އެއީ ޕޮލިޓިކްސްއޭ ބުނަން އަހަރެން ބޭނުމެއް ނޫން. އެއީ އަހަރެންގެ ރަހުމަތްތެރިން ވެސް އެބަތިބި ފީފާގައި. އެކަމަކު އަހަރެން ބުނަން ބޭނުން އެއް ވާހަކަ އަކީ އެ އެވޯޑް (ބެސްޓް އެވޯޑްސް)ގައި ވަރަށް ބޮޑަށް ބާރު ގަދަ ކްލަބްތަކުގެ ނަން ހިނގާނެ،" މޮރީނިއޯ ބުންޏެވެ.

އެއީ ކޮން ކްލަބްތަކެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން މޮރީނިއޯ ބުނީ ނަން ބުނަން ބޭނުންނުވާ ކަމަށާއި އެކަމަކު އެ ކްލަބްތަކުގެ ބައިވެރިވުން އެވޯޑްގައި އޮންނަން ފީފާ އިން ވަރަށް ބޭނުންވާނެ ކަމަށެވެ.

"ވަކި ބައެއްގެ ބައިވެރިވުން އެ އެވޯޑްތަކަށް ވަރަށް މުހިއްމު. އެހެންވެ ފަރުދާގެ ފުރަގަހުގައި އެ އެވޯޑް ތެރޭގައި ގިނަ ކަންތައްތަކެއް ހިނގާނެ،" މޮރީނިއޯ ބުންޏެވެ.

ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އާއި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ވާޖިލް ވެން ޑައިކާއި ތިއާގޯ އަލްކަންޓާރާ އާއި މުހައްމަދު ސަލާހާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ނޭމާ އާއި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޮސް އާއި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި ބާއްވަން ނިންމި ފީފާ ބެސްޓް އެވޯޑްސް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހު 17 އަށެވެ. ކޮވިޑާ ހެދި މި ފަހަރު ޝޯ ބާއްވާނީ ވާޗުއަލް ކޮށެވެ.