25 ނޮވެމްބަރ 2020
މިދިޔަ ދެ ސީޒަނަށް ބަލާއިރު ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު އެއް ކުޅުންތެރިއަކީ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. އާ ސީޒަނާ ކުރިމަތިލާއިރު ރިޒޭ މިހާރު ހުރީ ހާއްސަ އަމާޒަކަށް ވާސިލްވުމުގެ އުއްމީދުގަ އެވެ. އާ ޗެލެންޖަކާ އެކު ކެރިއަރުގައި އިތުރު ފިޔަވަޅެއް ކުރިއަށް އަޅަން އަޒުމުކަނޑައަޅައިގެންނެވެ.
މިދިޔަ ދެ ސީޒަނަށް ބަލާއިރު ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު އެއް ކުޅުންތެރިއަކީ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. އާ ސީޒަނާ ކުރިމަތިލާއިރު ރިޒޭ މިހާރު ހުރީ ހާއްސަ އަމާޒަކަށް ވާސިލްވުމުގެ އުއްމީދުގަ އެވެ. އާ ޗެލެންޖަކާ އެކު ކެރިއަރުގައި އިތުރު ފިޔަވަޅެއް ކުރިއަށް އަޅަން އަޒުމުކަނޑައަޅައިގެންނެވެ.
ކ. ދިއްފުށްޓަށް އުފަން ރިޒޭ އެންމެ ފުރަަތަމަ ފާހަގަވާން ފެށީ ކްލަބަކާ ނުގުޅެނީސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގަ އެވެ. ފަހުން ކްލަބް އީގަލްސްއާ 2014 ވަނަ އަހަރު ފަހު ކޮޅު ސޮއިކުރުމަށް ފަހު އޭނާ އެ ޓީމަށް އަންނަނީ އަހަރަކަށް ފަހު އަހަރެއް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ކްލަބް އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ގޯލުޖެހި ރިޒޭ އަކީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެކެވެ. އެއީ އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް ލިބުނު ހަމައެކަނި ކާމިޔާބީ ހޯދި ލަނޑު ޖެހުމުންނެވެ.
އީގަލްސްއާ އެކު ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައިވާ ރިޒޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 116 މެޗުން 85 ގޯލު ޖަހައިފަ އެވެ. އޭނާ 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށެވެ. އެ ޓީމަށް 15 މެޗުން ހަ ގޯލު ޖަހައިދިނެވެ.
ރިޒޭ އެންމެ ފުރަތަމަ އީގަލްސް އަށް ކުޅުނު ސީޒަނުގައި 2015 ވަނަ އަހަރު އެ ޓީމަށް ހަ ގޯލު ޖަހައިދިނެވެ. އޭގެ ޖެހިގެން އައި ސީޒަނުގައި 2016 ވަނަ އަހަރު ފަސް ގޯލު ޖެހި އެވެ. އަދި ހަމައެކަނި މާލޭ ލީގުގައި ކުޅެ 2017 ވަނަ އަހަރު އީގަލްސް އަށް ނުވަ ގޯލު ޖަހައިދިނެވެ. ރިޒޭގެ ވިދުން ގަދަވާން ފެށީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އެ ސީޒަނުގައި އޭނާ ވަނީ 33 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 38 ގޯލު ޖަހައިފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް އީގަލްސްގެ ޕްރީ ސީޒަނުގެ ތެރެއިން ރިޒޭ ބޯޅަ ހިފައިގެން--. ފޮޓޯ:ނިޝާން އަލި/މިހާރު
މިދިޔަ ދެ ސީޒަން ވެސް ރިޒޭ އަށް ހާއްސަވާ އަނެއް ސަބަބަކީ ކޮންމެ ސީޒަނެއްގައި އޭނާ ވަނީ ލީގުގައި އަށް ހެޓްރިކް ހަދައިފަ އެވެ. ކެރިއަރުގައި ޖުމްލަ އެކު މިހާތަނަށް ވަނީ 20 ހެޓްރިކް ހަދައިފަ އެވެ.
ކްލަބް ލެވަލްގައި ލޯކަލް ފުޓްބޯޅައިގައި ރިޒޭ އަށް ލަނޑު ޖެހުމުގައި ހާސިލްނުކުރެވޭ ކަމެއް މިހާރު ނެތެވެ. އެކަމަކު ގައުމީ ޓީމާއި ބައިނަލްއަގުވާމީ ލެވަލްގައި ރިޒޭ އަށް އަދި އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފެ އެވެ. އޭނާ ގައުމީ ޓީމަށް އަދި ރަސްމީ މެޗެއްގައި ލަނޑެއް ނުޖަހާއިރު، ކްލަބް ލެވަލްގައި އަދި ބައިނަލްއަގުވާމީ މެޗަކާ ކުރިމަތިނުލަ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އެކަން ބަދަލުކުރުމަކީ އޭނާގެ އަމާޒެކެވެ.
އުމުރުން 25 އަހަރުގެ ރިޒޭ "މިހާރު" އަށް ބުނީ ދެން އެންމެ ބޭނުންވަނީ މި ފޯމުގައި އިންޓަނޭޝަނަލް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ.
"ލޯކަލް މެޗުތަކުގައި މިހާރު ވަރަށް ރަނގަޅު ސްކޯތައް. އެކަމަކު ގައުމީ ޓީމުގައި ލިބޭ ފުރުސަތުތަކުގައި ނަސީބު ވެސް ދެރަކޮށް މި ދަނީ. ބޭނުންވަނީ އެކަން ބަދަލުކުރަން. އެއީ ކެރިއަރުގައި ކުރިއަށްދެވޭނީ ކްލަބް ލެވަލާއި ގައުމީ ޓީމުގައި ވެސް ރަނގަޅަށް ކުޅެގެން. ދެން އޮތް ޗެލެންޖަކީ އެއީ،" ރިޒޭ ބުންޏެވެ.
ރިޒޭ އެންމެ ފުރަތަމަ ގައުމީ ސީނިއާ ޓީމަށް ކުޅުނު މެޗަކީ ބަންގްލަދޭޝްއާ ދެކޮޅަށް 2016 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެވެ. އޭގެ ފަހުން ގައުމީ ޓީމަށް 12 މެޗެއް ކުޅެދިންއިރު ޖެހި ހަމައެކަނި ގޯލަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.
ގައުމީ ޓީމަށް އަންނަ އަހަރު ތެރޭގައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތަކާއި ސާފް ޗެމްޕިއަންޝިޕް މެޗުތައް އޮތްއިރު، އަންނަ އަހަރަކީ ރިޒޭ ކުޅެމުން އަންނަ ޓީމު ކަމަށްވާ ކްލަބް އީގަލްސް އަށް ވެސް ބޮޑު އަހަރެކެވެ. އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ކުޅޭއިރު ރިޒޭގެ އެއް އަމާޒަކީ އެ މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކުމެވެ.
"ބޭނުންވަނީ ކްލަބް ލެވަލްގައި ވެސް މި ލިބިފައި އޮތް ފުރުސަތު (އިންޓަނޭޝަނަލް މެޗުތަކުގައި) ގައި ރަނގަޅު ކުޅުމެއް ދައްކައި ކެރިއަރުގައި އިތުރަށް ކުރިއަށްދާން،" ރިޒޭ ބުންޏެވެ.
ރިޒޭ 2016 ވަނަ އަހަރު ގައުމީ ޓީމުގެ ފަރިތަކުރުްތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް ކުޅެން ޖެހޭ ޓީމެއް އެނގޭނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގަ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މިދިޔަ ސީޒަނުގެ ލީގުގެ ރަނަރަޕް ހޯދި އީގަލްސް ކުޅޭނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާއާ ދެކޮޅަށެވެ.
ރިޒޭގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި މަސައްކަތްކުރި ވެލީޒާ ޕޮޕޯފް، ޑަރެން ސްޓެވާޓް އަދި ޕީޓާ ސެގާޓްގެ ކޯޗުކަމުގައި ކުޅެފަ އެވެ. އަދި ގައުމީ ޓީމުގެ އާ ކޯޗު މާޓިން ކޫޕްމަން ނެގި ޓީމުގައި ހިމެނިފަ އެވެ. ލޯކަލް ކޯޗުންނަށް ބަލާއިރު ޖޫނިއާ ގައުމީ ޓީމާއި އެކި ލެވަލްތަކުގައި އޭނާ ވަނީ މުހައްމަދު އާތިފް (އާތީ)، އިހުސާން އަބްދުލް ގަނީ (ސާންތީ)، އަލީ ސުޒޭން، އަހުމަދު ޝާކިރު (ޝާކިއްޓޭ) އަދި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅެފަ އެވެ. ކޮންމެ ކޯޗެއް ވެސް ވަނީ ރިޒޭ އަކީ ހުނަރުވެރި އަދި މުސްތަގުބަލު އޮތް ކުޅުންތެރިއެއްކަމަށް ބުނެފަ އެވެ. ރިޒޭ އަންނަނީ ކޯޗުންނާއި ސަޕޯޓަރުން ދޭ ހިތްވަރާ އެކު ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ.
އޮޕަރޭޝަނަށް ފަހު ރިޒޭ ވަރުގަދަ އަޒުމެއްގައި
ގައުމީ ޓީމު މައްސަލައިގައި ރިޒޭ މައާފަށް އެދިއްޖެ
ރިޒޭ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގު: މޯހަން
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ޒުވާން ހުމައިދު އާއި ޒައިން ގައުމީ ޓީމުގެ ޕްރެކްޓިހަށް