18 މެއި 2022
ކްލަބް އީގަލްސްގެ ޒުވާން ދެ ކުޅުންތެރިންކަމަށްވާ، ހުމައިދު ހަސަން އާއި ޒައިން ޒަފަރު، އޭޝިއަން ކަޕް ކޮލިފައިންނަށް ތައްޔާރުވާ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑްގައި ހިމަނައިފި އެވެ.
ކްލަބް އީގަލްސްގެ ޒުވާން ދެ ކުޅުންތެރިންކަމަށްވާ، ހުމައިދު ހަސަން އާއި ޒައިން ޒަފަރު، އޭޝިއަން ކަޕް ކޮލިފައިންނަށް ތައްޔާރުވާ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑްގައި ހިމަނައިފި އެވެ.
މިއަދު ފަށާ، ދެކުނު އޭޝިއާ ޒޯންގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ވާދަކުރާ މާޒިޔާގެ ކުޅުންތެރިން ފިޔަވައި އެހެން ޓީމުތަކުގެ ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޓީމުގެ ޓްރޭނިން އަށް ނެގި ސްކޮޑުން ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި އީގަލްސްގެ އުމުރުން 17 އަހަރުގެ ހުމައިދު އާއި 19 އަހަރުގެ ޒައިން ހިމެނެ އެވެ.
މިއީ އެ ދެކުޅުންތެރިން، ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހަށް ނެރުނު ފުރަތަމަ ފަހަރެވެ. މި އަހަރު ބޭއްވި އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކްލަބް އީގަލްސް އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިން ދަނީ އީގަލްސްގެ ސީނިއާ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހިރިޔާ ސްކޫލް ޓީމުން ވިދާލި ހުމައިދު ވަނީ، ލީގުގެ މުހިންމު މެޗުތަކުގައި އީގަލްސް އަށް ނަތީޖާ ބަދަލުކުރުމަށް އެހީވެ ދީފަ އެވެ. ލީގުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވެސް ހުމައިދު ވަނީ ދަ ގްރާންޑޭ ކޮޅަށް ލަނޑު ޖަހައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އާއި އީގަލްސް ކުޅުނު މެޗުގައި ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.
ދެ އަހަރު ކުރިން އީގަލްސްގެ ސީނިއާ ޓީމަށް ކުޅެން ފެށި ޒައިން އަކީ އެ ޓީމުގެ ހަމަލާތަކުގައި މުހިންމު އެއް ނަމެވެ. މި ސީޒަންގައި ވެސް އޭނާ ވަނީ އީގަލްސްގެ ހަމަލާތަކުގައި ލީޑްކޮށްފަ އެވެ.
އަންނަ އަހަރު ބާއްވަން ހަަމަޖެހިފައިވާ އޭޝިއަން ކަޕް ބޭއްވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މުބާރާތް ބާއްވަން ފުރުސަތު ލިބިފައިވާ ޗައިނާ އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. މި އަހަރު އެ ގައުމުގައި ބާއްވަން ހަމަޖެއްސި އޭޝިއަން ގޭމްސް ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފަ އެވެ. އޭއެފްސީން ބުނެފައި ވަނީ އޭއެފްސީ ކަޕް ދެން ބާއްވާނެ ގައުމެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
ގައުމީ ޓީމުގެ ޕްރެކްޓިހުގައި ޔާން، ކްރޯ، ހަންނަ، ބައްކް --- ފޮޓޯ: އެފްއޭއެމް
އެކަމަކު ކޮލިފައިން މެޗުތައް އަންނަ މަހު ކުރިއަށްދާނެ އެވެ. ރާއްޖެ ހިމެނޭ ގުރޫޕް ސީގެ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ އުޒްބެކިސްތާންގަ އެވެ. އެ ގުރޫޕްގައި ރާއްޖެ އާއި އުޒްބެކިސްތާންގެ އިތުރުން ދެން ހިމެނެނީ ތައިލެންޑާއި ސްރީ ލަންކާ އެވެ.
ކޮލިފައިންނަށް ތައްޔާރުވުމަށް ނެގި ސްކޮޑުން ދެން ފުރުސަތުދިން އަނެއް ކުޅުންތެރިޔަކީ ވެލެންސިއާގެ ޑިފެންޑަރު އަހްމަދު ސިޒާން (ސިއްޕެ) އެވެ. ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި އަލީ ފާސިރު (ސެންޓޭ) އަނެއްކާވެސް ވަނީ ގައުމީ ޓީމުގެ ޕްރެކްޓިހަށް ނެރެފަ އެވެ. މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ތައްޔާރުވުމަށް ނެގި ޓީމުގައި ސެންޓޭ ހިމެނި އެވެ. މެޗަށް ނެގި ސްކޮޑުން އޭނާ ބާކީކުރީ އަނިޔާއިން ރިކަވާ ނުވާތީ އެވެ. އެކަމަކު ގާތްގަނޑަކަށް ހަތަރު މަސް ފަހުން އޭނާ ވަނީ ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެފަ އެވެ. ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ސެންޓޭ އެ މެޗުގައި ލަނޑު ވެސް ޖެހި އެވެ.
އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރި އަހްމަދު ބައްސާމް މުހައްމަދު (ބައްކު) ވެސް ވަނީ އަލުން ގައުމީ ސްކޮޑްގައި ހިމަނައިފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ފޯވާޑަށް އަނިޔާވީ ޕްރެޒިޑެންޓްސް ކަޕްގަ އެވެ. ބައްސާމް އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގީ ކުރީގެ ކޯޗު މާޓިން ކޫޕްމަން، ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން ނެގި ޓީމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އޭޝިއަން ކަޕުން ފުރުސަތު ލިބެނީ 24 ޓީމަށެވެ. މިހާރު އޮތް ހަ ގުރޫޕްގެ ތެރެއިން ގުރޫޕްގެ އެއްވަނަ ހޯދާ ޓީމު ކޮލިފައިވާނެ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އަނެއް ބުރަށް ދަތުރު ކުރި 12 ޓީމަށް މިހާރު ވެސް ވަނީ މުބާރާތުން ޖާގަ ކަށަވަރުވެފަ އެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ރާއްޖެއާ ދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް، ލަންކާ
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!
އީގަލްސް އިން އިއްބެ ރިލީޒްކޮށްފި، އަގަކީ އެއް ލައްކަ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
އީގަލްސް އިން އަގުކުޑަކުރުމުން ނިޝާމް އޭދަފުށްޓަށް
މުސާރަ ނުދެވޭއިރު ކުޅުންތެރިން ދޫކުރަން ޖެހޭ: ނިމާ