ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ވެލާނާ އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ހިމެނިއްޖެ އެވެ.
17 ނޮވެމްބަރ 2020
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ވެލާނާ އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ހިމެނިއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ބުނީ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެއާޕޯޓުގެ އާ ޓާމިނަލް އާއި ރަންވޭ ބޮޑު ކުރުމުގެ ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ދެ ކުންފުނީގެ މުވައްޒަފުން ހިމެނޭ ކަމަށެވެ. އެ ގޮތުން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ 22 މީހުން ޕޮޒިޓިވްވެފައިވާ އިރު ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ 16 ސްޓާފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓުން ވެސް ވަނީ 10 މީހަކު ޕޮޒިޓިވްވެފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި 79 ބިދޭސީންގެ ތެރޭގައި، ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ރަށްފަޅު ހުރާ އިން ޕޮޒިޓިވްވި 21 މީހުން ވެސް ހިމެނެ އެވެ. ސައްވީސް ގަޑިއިރު ތެރޭ ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 31 އެވެ.
ރާއްޖޭން މިހާތަނަށް 12،314 މީހުން ޕޮޒިޓިވްވެފައިވާ އިރު 45 މީހުން ވަނީ މަރުވެފަ އެވެ.
ޓޫރިސްޓުންގެ ނެގެޓިވް ޓެސްޓު އޮތްތޯ ބަލަން ފަށައިފި
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
އެއާޕޯޓް ވާނީ ރައްކާތެރި ތަނަކަށް: އެމްއޭސީއެލް
ކޮވިޑް-19: އެމްއޭސީއެލްގެ ހަރަދުތައް ކުޑަކުރަނީ
ޒުވާނުންގެ ހާޓްއެޓޭކް އިތުރުވާތީ ޑޮކްޓަރުގެ ކަންބޮޑުވުން
މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުއަޅަނީ
"ބައްޔެއްހުރި ބިދޭސީއަކު ފިލައިގެން ރިޕޯޓެއް ނުކުރޭ"
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ރޯގާތައް އިތުރު، އެންމެ ގިނައީ ކޮވިޑާއި އިންފުލުއެންޒާ
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން