Roadha Mihaaru
އެއާޕޯޓް ވާނީ ރައްކާތެރި ތަނަކަށް: އެމްއޭސީއެލް

އަލުން ހުޅުވާއިރު އެއާޕޯޓް ވާނީ ރައްކާތެރި ތަނަކަށް: އެމްއޭސީއެލް

25 މެއި 2020

ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، ޖުލައި މަހު އެއާޕޯޓު ހުޅުވުމުގެ ވާހަކަ ދެކެވޭ އިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް، އެމްއޭސީއެލުން އަންނަނީ ކުރަމުންނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، ޖުލައި މަހު އެއާޕޯޓު ހުޅުވުމުގެ ވާހަކަ ދެކެވޭ އިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް، އެމްއޭސީއެލުން އަންނަނީ ކުރަމުންނެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ޖެނުއަރީ މަހު އެމްއޭސީއެލުން އެކަމަށް ފާރަވެރިވާން ފެށި އެވެ. އެތަނުގައި ކޮވިޑް ރެސްޕޮންސް ޓީމެއް އެކުލަވާލި އެވެ. ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ފެށި އެވެ.

އެމްއޭސީއެލްގެ މުވައްޒަފަކު ޕީޕީއީ ކިޓްގައި: ހުރިހާ ކައުންޓަރުތަކެއްގައި ވަނީ ހަތަރު ފޫޓުގެ ގްލާސް ސީލިން ހަރުކޮށްފައި-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފަކު ޕީޕީއީ ކިޓްގައި: ހުރިހާ ކައުންޓަރުތަކެއްގައި ވަނީ ހަތަރު ފޫޓުގެ ގްލާސް ސީލިން ހަރުކޮށްފައި-- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ގޮނޑިތަކާއި ވީލްޗެއާތަކާއި ޓްރޯލީތައް ބަރާބަރަށް ޑިސްއިންފެކްޓް ކުރި އެވެ. އިމިގްރޭޝަން ކައުންޓަރުތާއި ޕެސެންޖަ ޗެކިން ކައުންޓަރުތަކުގައި ހަތަރު ފޫޓުގެ ބިއްލޫރި ކޮށިގަނޑެއް ލި އެވެ.

ޓޫރިޒަމަށް އިގުތިސާދު ބިނާވެފައި އޮތް ގައުމަކަށް ވާތީ، އެއާޕޯޓް އަލުން ހުޅުވާއިރު ދަތުރުވެރިންނަށް، އެ މީހުންގެ ރައްކާތެރިކަމާ މެދު ޔަގީންކަން އޮންނަން ޖެހެ އެވެ. އެހެންކަމުން އެމްއޭސީއެލުން އަންނަނީ އެ މަސައްކަތުގައި ފިޔަވަޅުތައް އަވަސްކޮށް، އެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

އެއާޕޯޓުގެ މުވައްޒަފުން ސްކޭން ކުރުމުގެ މަސައްކަތް ކުރަނީ: ހުރިހާ މުވައްޒަފުންނަށް ވެސް ޓާމިނަލްތަކަށް ވަދެވޭނީ ހާއްސަ ސްކްރީނަށް ފަހު-- ފޮޓޯ:އެމްއޭސީއެލް

އެއާޕޯޓުގެ މުވައްޒަފުން ސްކޭން ކުރުމުގެ މަސައްކަތް ކުރަނީ: ހުރިހާ މުވައްޒަފުންނަށް ވެސް ޓާމިނަލްތަކަށް ވަދެވޭނީ ހާއްސަ ސްކްރީނަށް ފަހު-- ފޮޓޯ:އެމްއޭސީއެލް

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރަން ކެނޑިނޭޅި އެކި ލެވެލްތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ އެއާޕޯޓުގެ ސޭފްޓީގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ގޮތް. ރާއްޖެ އަށް މި ބަލި ފެތުރެން ފެށުމުގެ މާ ކުރިން އެމްއޭސީއެލުން ވަނީ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅާފައި،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެ މަސައްކަތްތައް އެބަ ކުރެވޭ. މިކަންކަން ހާސިލުވަނީ އެމްއޭސީއެލްގެ ހީވާގި މުވައްޒަފުން ރެ އާއި ދުވާލު ކުރާ ބުރަ މަސައްކަތުން."

އެއާޕޯޓުގައި ލަގޭޖު އެރުވުމަށް ހުންނަ ޓްރޯލީތައް ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގައި ލަގޭޖު އެރުވުމަށް ހުންނަ ޓްރޯލީތައް ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓު ޑިސްއިންފެކްޓް ކުރުމާއި ވަކި ސަރަހައްދުތަކުގައި އަތް ދޮވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ޓާމިނަލް އާއި ފުރާ ސަރަހައްދުގައި "ސޯޝަލް ޑިސްޓެންސިން" ފާހަގަވާނެ ގޮތަށް ފްލޯގައި ސްޓީކާ ހަރުކުރުމުގައި މުވައްޒަފުން ވަރަށް އެކްޓިވްކޮށް އުޅުނެވެ.

ކުރިއާލައި ފުރިހަމަ ޕްލޭނެއްގެ ދަށުން އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރި މަސައްކަތުގެ ސަބަބުން ސިއްހީ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ސަލާމަތީ ގިނަ ކަންކަން މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އެމްއޭސީއެލްގެ ރެޕިޑް ރެސްޕޮންސް ޓީމުގެ އިތުރުން އެއާޕޯޓުގައި ގާއިމްކުރި ކޯޑިނޭޝަން ސެންޓަރުން އަންނަނީ އެޗްޕީއޭއާ ގުޅިގެން ޕްރޮންޓްލައިންގައި މަސައްކަތް ކުރަމުންނެވެ.

އެއާޕޯޓުގެ ގޮޑިތައް ޑިސްއިންފެކްޓް ކުރަނީ-ފޮޓޯ:އެމްއޭސީއެލް

އެއާޕޯޓުގެ ގޮޑިތައް ޑިސްއިންފެކްޓް ކުރަނީ-ފޮޓޯ:އެމްއޭސީއެލް

ހަސަން ވިދާޅުވީ، އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް ކުރިއަށް ނުދިޔަ ނަމަވެސް، ކާގޯ ފްލައިޓްތަކާއި އަންނަ ޗާޓާ ފްލައިޓްތަކަށް އެޑެންޓްވުމުގައި މުވައްޒަފުން މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅައިގެން ކަމަށެވެ. އެގޮތުން އެއާޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގައި އުޅެނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓްގަ އެވެ.

"އަޅުގަނޑުމެން މިވަނީ މި ހާލަތުގައި ހަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ބަލައި ވީހާ ވެސް އެޕިޝިއެންޓްކޮށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ޕްލޭންކޮށްފައި. އަދި ބޮޑު ކަމެއް ދިމާވެއްޖެ ހާލަތެއްގައި ވެސް އަމަލު ކުރާނެ ގޮތްތައް ވަރަށް ފުރިހަމައަށް ދެނެގަނެވިފައިވާނެ. މުވައްޒަފުންގެ ޓާގެޓަކީ ޒީރޯ އިންފެކްޓެޑް ތަނަކަށް އެއާޕޯޓު ހަދަން،" އޭނާ ވިދާޅުވި އެވެ.

ޕެސެންޖަރެއްގެ ހުން ބެލުމުގެ ކަންކަން ކުރިއަށްދަނީ-- ފޮޓޯ:އެމްއޭސީއެލް

ޕެސެންޖަރެއްގެ ހުން ބެލުމުގެ ކަންކަން ކުރިއަށްދަނީ-- ފޮޓޯ:އެމްއޭސީއެލް

މި ވަގުތު އެއާޕޯޓުގެ ހުރިހާ ޑިޕާޓްމެންޓަކުން ވެސް ފްރަންޓްލައިނަށް މަސައްކަތަށް ނެރެނީ، ގިނަ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި، މަދު މުވައްޒަފުންތަކެކެވެ. އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުން ވެސް މިހާރު މަސައްކަތްކުރަނީ ގޭގައި ތިބެގެންނެވެ. ގިނަ މުވައްޒަފުން ގޭގައި ތިބި ނަމަވެސް، އަމަލީ ގޮތުން މަސައްކަތަށް ނިކުންނަ މުވައްޒަފުން އުޅެނީ ރެއާ ދުވާލު ބުރަ މަސައްކަތުގަ އެވެ.

"އެއާޕޯޓުގެ މުވައްޒަފުން މަސައްކަތް ކުރަނީ، އެއްވެސް މަޖުބޫރުކަމެއް ނެތި ގައުމީ ރޫހެއްގައި،" ހަސަން ވިދާޅުވީ އެކަމަށްޓަކައި މުވައްޒަފުންނަށް މެނޭޖްމަންޓުން ޝުކުރުއަދާކުރާ ކަމަށެވެ.

އާ ކަންތައްތަކެއް މުވައްޒަފުން އީޖާދުކުރި

ހަސަން ވިދާޅުވީ، ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި މުޅިން އާ ކަންތައްތައް ވެސް އެއާޕޯޓުގެ މުވައްޒަފުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑިސްއިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލް މަގުމައްޗަށް ޖެހުމުގައި ބޭނުން ކުރާ ޓްރެއިލާ ޓޭންކްތައް އެކުންފުނީގެ މުވައްޒަފުން އަމިއްލައަށް ތައްޔާރުކުރި އެވެ. މީގެ އިތުރުން ފަޔަމަނުން އިސްވެ ޑިސްއިންފެކްޓް ވުމަށްޓަކައި ހާއްސަ ޑީކޯން ޗެމްބާތަކެއް އަމިއްލަ އަށް އުފައްދާފައިވެ އެވެ. މުވައްޒަފުން އެ ޗެމްބަރަށް ވަދެ ހުއްޓުމާ އެކު ލައިގެން ހުންނަ ސޫޓު ޑިސްއިންފެކްޓް ކުރެވޭނެ އެވެ. މި ޑީކޯން ޗެމްބަރު އެއާޕޯޓު އޮޕަރޭޝަންގައި އުޅޭ ހުރިހާ މުވައްޒަފުން ބޭނުން ކުރެވެ އެވެ. އަދި މިއީ އެއް ތަނުން އަނެއް ތަނަށް ފަސޭހަ ކަމާ އެކު ގެންދެވޭނެ ގޮތަށް ރައްޔާރުކޮށްފައިވާ ޗެމްބަރެކެވެ.

ފަޔާމަނުން ޑިސްއިންފެކްޓް ކުރުމަށް ހާއްސަ ޑީކޯން ޗެމްބަރު. މި ޗެމްބަރަށް ވަނުމުން ލައިގެން ހުންނަ ސޫޓު އޮޓަމެޓިކުން ޑިސްއިންފެކްޓްވާނެ-- ފޮޓޯ: އެމްއޭސީއެލް

ފަޔާމަނުން ޑިސްއިންފެކްޓް ކުރުމަށް ހާއްސަ ޑީކޯން ޗެމްބަރު. މި ޗެމްބަރަށް ވަނުމުން ލައިގެން ހުންނަ ސޫޓު އޮޓަމެޓިކުން ޑިސްއިންފެކްޓްވާނެ-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގެ މުވައްޒަފުންގެ އިސްނެގުމުގެ ދަށުން މިފަދަ އާ ކަންކަން ތައްޔާރުކޮށްފައިވާ އިރު މިވަގުތު ވެސް އެއާޕޯޓު ހުޅުވާލަން ޖެހިއްޖެ ނަމަ، އެ ހާލަތަކަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. މިގޮތަށް އެހާ ފުރިހަމައަށް ތައްޔާރުވެފައި މިވަނީ ދުރާލައި ކޮވިޑް-19 ގެ ހާލަތަށް ތައްޔާރުވުމަށް އެޅި ފިޔަޅުތަކުގެ ސަބަބުންނެވެ.