މިއަދުން ފެށިގެން ދެން ރާއްޖެ އާދެވޭނީ ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވް ވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ތަންފީޒު ކުރަން ފަށައިފި އެވެ.
10 ސެޕްޓެމްބަރ 2020
މިއަދުން ފެށިގެން ދެން ރާއްޖެ އާދެވޭނީ ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވް ވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށް ސަރުކާރުން ނިންމާފައިވާތީ އެކަން ތަންފީޒު ކުރަން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުގެ މިހާތަނަށް ރާއްޖެ އައި ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑަށް ނެގެޓިވް ކަމުގެ ލިޔުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ކޮވިޑަށް ނެގެޓިވް ބައެއްކަން ޔަގީން ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިސްޓުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނީ މޯލްޑިވްސް އިމިގްރޭޝަންގެ "އިމުގަ" ޕޯޓަލް މެދުވެރިކޮށެވެ. މި ޓެސްޓު ހަދަން ޖެހެނީ ރާއްޖެ އަންނަން ފުރުމުގެ 72 ގަޑިއިރުގެ ތެރޭގަ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ މިދިޔަ ހަފުތާގަ އެވެ. އެގޮތަށް ނިންމީ ކޮވިޑް-19ގެ ހާލަތުގައި ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަން ޓޫރިސްޓުންނަށް ޔަގީން ކޮށްދީ، ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.
"އޭރުން ވަރަށް ގިނަ ޓޫރިސްޓުންނަށް އިތުރު ޔަގީން ކަމެއް ލިބިގެން ދާނެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ. އެ ވެސް ވާނެ އަޅުގަނޑުމެންގެ ނަމްބަރުތައް އިތުރު ކުރުމަށް މުހިންމު ކަމަކަށް. އޭގެ ޒާތުގައި ރާއްޖެ އަކީ ދުނިޔޭގެ ޑެސްޓިނޭޝަންތަކުގެ ތެރެއިން އެންމެ ބަރާބަރު ގައުމު ސަލާމަތާއެކު އައިސް ޗުއްޓީ ހޭދަކޮށްލާފައި ދާން،" ޓޫރިޒަމް މިނިސްޓަރުކަމާ މިދިޔަ މަހު ހަވާލުވެޑައިގެންނެވި ޑރ. މައުސޫމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވެފައި ވެ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު އަލުން ހުޅުވައިލީ މިދިޔަ ޖުލައި 15 ގަ އެވެ. ނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. ބޯޑަރު އަލުން ހުޅުވައިލި ފަހުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ރާއްޖެ އައީ 11،629 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުންޏެވެ.
އެ މިނިސްޓްރީން އަންނަނީ ކޮވިޑް ތެރޭގައި ވެސް ރައްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ގެސްޓް ހައުސްތައް ހުޅުވައިލަން ވެސް ވަނީ ނިންމައިފަ އެވެ.
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ
ގެސްޓު ހައުސްތައް ހުޅުވަނީ – އަހަރެމެން ތައްޔާރުތަ؟
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން