Roadha Mihaaru
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ

އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ހުއްދަ ދިނީ ރިސޯޓުތައްް ހުސްކުރަން: މައިމޫނާ

28 މާޗް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރިސޯޓު ތަކުގެ މެދުގައި ދަތުރު ނުކުރަން ކުރިން އަަންގާފައި ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ ހުއްދައެއް ދެއްވީ އެއީ ކަރަންޓީނު ފެސިލިޓީ ތަކުގެ ގޮތުގައި ބޭނުން ކުރުމަށް ރިސޯޓުތައް ހުސްކުރަން ފަސޭހައަކަށް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރިސޯޓު ތަކުގެ މެދުގައި ދަތުރު ނުކުރަން ކުރިން އަަންގާފައި ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ ހުއްދައެއް ދެއްވީ އެއީ ކަރަންޓީނު ފެސިލިޓީ ތަކުގެ ގޮތުގައި ބޭނުން ކުރުމަށް ރިސޯޓުތައް ހުސްކުރަން ފަސޭހައަކަށް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން އަންގާފައި ވިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ޓޫރިސްޓުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށް ކަނޑައަޅައި، އެ މިނިސްޓްރީން މިއަދު ވަނީ ސާކިއުލާއެއް ނެރެފަ އެވެ. އެކަމަކު، އެ ކަން ކުރެވެނީ އެ ސާކިއުލާގައި ވާ ގޮތުން، ޓޫރިޒަމް މިިނިސްޓްރީ އަށް އެކަން އަންގައި، ލިޔުމަކުން ހުއްދަ ހޯދައިގެންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިރޭ ބޭއްވި މީޑިއާ ބްރީފިން އަށް ފަހު، ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން މައިމޫނާ ވިދާޅުވީ، ރާއްޖޭން ޓޫރިސްޓުން މަދުވެ، ބައެއް ރިސޯޓުތަކުގައި ތިބި ވަކިވަކި ޓޫރިސްޓުން އެހެން ރިސޯޓުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަަމަށެވެ. އެގޮތަށް ގެންދަނީ ހުސްވާ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ކުރާ މަސައްކަތް ފަސޭހަ ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އެ ގޮތަށް ގެންދަން {ޓޫރިޒަމް މިނިސްޓްރީ އަށް] ހާއްސަ ހުއްދައެއް ދީފައި އޮންނާނީ،" ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުގެ ދަށުން ކަންކަން ނިންމުމުގައި ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ މައިމޫނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރިސޯޓުތަކުގައި ތިބޭ ދިވެހި މުވައްޒަފުން އެހެން ރަށްރަށަށް އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން އެންމެ ކުރިން ފެށިގެން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގައި ތިބޭ ޓޫރިސްޓުން ވެސް އޮތީ ހިމަނައިފަ އެވެ.

އެކަމަކު، އެކަން މަނާކުރީ ޑިރެކްޓަ ޖެނެރަލްގެ ހައިސިއްޔަތުން މައިމޫނާ ސޮއިކުރައްވައި ނެރުއްވި ޚާއްސަ އެންގުމަކުން ކަމަށް ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ޓޫރިޒަމް މިނިސްޓްރީ އަށް މައިމޫނާ ޚާއްސަ ހުއްދައެއް މި ފަހަރު ދެއްވިއިރު، ކުރީގެ ނިންމުމަށް ބަދަލު އައި ކަމެއް އާންމުކޮށް އިއުލާނެއް ނުކުރެއްވަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީ އަށް ޚާއްސަ ހުއްދައެއް ދެއްވާފައި އޮތް ކަން މީޑިއާ އަށް ތިލަވީ، އެ މިނިސްޓްރީގެ ސާކިއުލާ އާންމުވުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން، އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް އަދި ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން އޮން އެރައިވަލް ވިސާގައި ރާއްޖެ އަށް މީހުން އެތެރެވުން އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މައިމޫނާ ވިދާޅުވީ، ރާއްޖޭން ޓޫރިސްޓުން މަދުވެ، ބައެއް ރިސޯޓުތަކުގައި ތިބި ވަކިވަކި ޓޫރިސްޓުން އެހެން ރިސޯޓުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަަމަށެވެ. އެގޮތަށް ގެންދަނީ ހުސްވާ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ކުރާ މަސައްކަތް ފަސޭހަ ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 އަށް ރާއްްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 16 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އެކަކީ އެ ބައްޔަށް ޕޮޒިޓިވްވިކަން މިއަދު ކަށަވަރުވި ދިވެއްސަކެވެ. ރަޝިޔާ މަގުން އިޓަލީއަށް ދާން މިއަދު ފުރި އިޓަލީގެ ދެ ޓޫރިސްޓުން ވެސް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅު ވެފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 585,000 އެވެ. އޭގެ ތެރެއިން 26,827 ވަނީ މަރުވެފަ އެވެ.