ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް ބަންދުކޮށް، އެތަންތަނުގައި އުޅޭ އެހެން މީހުން ވެސް ޓެސްޓްކުރަން ފަށައިފި އެވެ.
23 މާޗް 2020
ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށް، ޗައިނާއަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް ބަންދުކޮށް، އެތަންތަނުގައި އުޅޭ އެހެން މީހުން ވެސް ޓެސްޓްކުރަން ފަށައިފި އެވެ.
ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނެގެންދެން އެ ދެ އިމާރާތް ވެސް ހުންނާނީ މޮނިޓަރިންގެ ހާލަތުގައި ކަަމަށެވެ.
"މާލޭގެ ދެ ގެއެއް މޮނިޓަރިންނަށް ދިޔައީ އެއީ [އެ ދެ ގޭގައި ތިބި ބައެއް މީހުންނަކީ] ޑައިރެކްޓް ކޮންޓެކްޓްސް އަށް ވެފައި، ސިމްޕްޓަމެޓިކް [ނިޝާންތައް ފެނުން] ވީމާ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަަސައްކަތާ ބެހޭ ގޮތުން މަބްރޫކް މީޑިއާއާ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެކަމަކު އެއީ ކޮން ދެ ގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓަ ޔުނައިޓެޑާއި އެވަޓަންއަށް ކުޅެ، ރާއްޖޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފެލައިނީއާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ކުޅުންތެރިޔާއާ އެކި މީހުން ކޮންޓެކްޓްވީ ވަރާއި ނުރައްކާ އޮތް މިންވަރުގެ ދެނެގަންނަމުން ވެސް އަންނަ ކަމަށެވެ.
ކޮރޯނާވައިރަސް އަށް ފެލައިނީ ޕޮޒިޓިވް ވީ ރާއްޖޭގެ އެންމެ މަތީ އެއް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި، އެނބުރި ޗައިނާ އަށް ދިޔަ ފަހުން މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖޭގައި ހުރިއިރު އޭނާއާ ކޮންޓެކްޓްވި ދެ މީހެއްގެ ކިބައިން އެ ބަލީގެ އަލާމާތްތައް ފެނުމުން ކަރަންޓީންކޮށް ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.
އޭނާ މިހާރު ކުޅެމުން އަންނަނީ ޗައިނާގެ ޝަންޑޮން ލުނެން އަށެވެ.
ކޮރޯނާވައިރަސްއަށް ފެލައިނީ ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ނުގެނައީ ކީއްވެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އަޅާފައި އޮތް ފިޔަވަޅުތަކާ އެކު ރީތިރަށަށް ވެސް މިހާރު އަރައިފައިބާ ނުހެދޭނެ ކަމަށެވެ.
"މިކަން ހަމަ އެނގުމާ އެކީ ކުރިއްސުރެ އެރަށް ބެލެހެއްޓުނު ގޮތަށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް [އަންނަނީ ކުރަމުން]. ހައިރިކްސް ކޮންޓެކްޓްތައް ހަމަ އައިޑެންޓިފައި ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ފެލައިނީއާ ސީދާ ކޮންޓެކްޓްވި 20 މީހުން ދެނެގަނެފި
ފެލައިނީއާ ބައްދަލުވި ނަމަ އަވަހަށް ރިޕޯޓްކުރަން އެދެފި
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ޓެސްޓްކުރަނީ
ފެލައިނީއަށް ޖެހުނު ކަމަށް ބެލެވެނީ ރާއްޖޭން ދިޔަފަހުން
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން