23 މާޗް 2020
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ދުބާއީ އަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެވޭ 20 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބުނެފި އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ދުބާއީ އަށް ދިޔަ ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެވޭ 20 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދެންމެ ބުނެފި އެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓަ ޔުނައިޓެޑާއި އެވަޓަންއަށް ކުޅެ، ރާއްޖޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓިވި ކަމަށް މިހާތަނަށް ފާހަގަވި މީހުންގެ ތެރޭން ފަސް މީހުން އައިސޮލޭޝަންގައި ތިބީ ރީތިރަށުގައި ކަމަށެވެ. ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ އެމްއޭސީއެލްގެ 15 ސްޓާފަކު ވެސް މިހާރު ވަނީ ދެނެގެންފައި ކަމަށާއި އޭގެ ތެރޭން ކޮވިޑް-19 ގެ އަލާމަތްތައް ހުރި ދެ ކޮންޓެކްޓެއް ވެލިދުއަށް ގެންގޮސް ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ދެ މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅޭ އުމުރުން 32 އަހަރުގެ މިޑްފީލްޑަރާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް ބަންދުކޮށް، އެ ތަންތަނުގައި އުޅޭ އެހެން މީހުން ޓެސްޓްކުރަން މިއަދު ވަނީ ފަށައިފި އެވެ. ނަމަވެސް މަބްރޫކް ވިދާޅުވީ އެ ދެ ގެ މޮނިޓަރިން ހާލަތަށް ގެނައީ ވެލިދޫ އަށް ގެންދިޔަ އެއާޕޯޓުގެ ދެ ސްޓާފުންނާ ގުޅުން ހުރި ގެތައް ކަމަށްވާތީ ކަމަށާއި ނަމަވެސް އެ ދެ މީހުން ނެގެޓިވްވުމުން އެ ދެ ގެ މޮނިޓަރިން ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޗައިނާގެ ޝަންޑޮން ލުނެން އަށް މިހާރު ކުޅޭ ފެލައިނީ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ރާއްޖޭގެ އެންމެ މަތީ އެއް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާޗު 12 ގައި ދުބާއީ އަށް ދިޔަ ފަހުންނެވެ.
ކޮރޯނާވައިރަސް އަށް ފެލައިނީ ޕޮޒިޓިވްވުމާ ގުޅިގެން ރީތިރަށަށް ވެސް މިހާރު އަރައިފައިބާ ނުހެދޭނެ ކަމަށް މަބްރޫކް ވަނީ މިއަދު މެންދުރު ފަހު ވިދާޅުވެފަ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ވަނީ 13 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ފަސް މީހުން ވަނީ ރަނގަޅުވެފަ އެވެ.
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ފެލައިނީއާ ބައްދަލުވި ނަމަ އަވަހަށް ރިޕޯޓްކުރަން އެދެފި
ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ޓެސްޓްކުރަނީ
ފެލައިނީއަށް ޖެހުނު ކަމަށް ބެލެވެނީ ރާއްޖޭން ދިޔަފަހުން
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި
އާއްމުންނާއެކު ޓޫރިސްޓުން ދަތުރުކުރުން މަނާކޮށްފި
މާލެ، ހުޅުމާލެ، ވިލިމާލެއަށް ޓޫރިސްޓުން ގެނައުން މަނާ
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ