15 ނޮވެމްބަރ 2020
ބޮންޑާއި ސްކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ސަވަރިން ޑިވެލޮޕްމެންޓް ފަންޑް ހަރުދަނާކޮށް، ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާ އެ ފަންޑަށް ޖަމާވާނެ އިންތިޒާމް ހަމަޖައްސަން މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު އާދޭސް ދަންނަވައިިފި އެވެ.
ބޮންޑާއި ސްކޫކް އަދި ލޯނުގެ ގޮތުގައި ދައުލަތުން ނަގާ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުފެއްދި ސަވަރިން ޑިވެލޮޕްމެންޓް ފަންޑް ހަރުދަނާކޮށް، ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާ އެ ފަންޑަށް ޖަމާވާނެ އިންތިޒާމް ހަމަޖައްސަން މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގައި މިއަދު އާދޭސް ދަންނަވައިިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ސަވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދުމުގެ މަގުސަދަަކީ ވެސް އެ ފަންޑަށް ޖަމާކުރާ ފައިސާއިން ބޮންޑާއި ސްކޫފް ފަދަ ތަކެއްޗަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ބޮންޑާއި ސްކޫކަށް ފައިސާ ދެއްކޭ ވަރަށް އެ ފަންޑަށް ފައިސާ ޖަމާކުރުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަންޑުގެ ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވީ އެކަމަށް އެދިވަޑައިގަންނަވަނީ އާދޭހާ އެކުގައި ކަމަށެވެ.
"އަދި ހާއްސަކޮށް 2020 އަދި 2021 ވަނަ އަހަރަށް ޖުމްލަ 700 މިލިޔަން ޔޫއެސް ޑޮލަރުގެ ބޮންޑް ބޭރު ފަރާތްތަކަށް ވިއްކުމަށް އަންދާޒާކޮށްފައި ވާއިރު މި ބޮންޑް އަނބުރާ އަދާކުރުމަށް ދައުލަތަށް ލިބޭ އާމްދަނީން، އެސްޑީއެފަށް ޖަމާކުރާ އަދަދު އިތުރުކުރެވޭނެ ގޮތެއް ހަަމަޖެއްސުން މުހިއްމުކަމުގައި ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މިއަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވިގެން މިދަނީ: ގަވަރުނަރު
ދައުލަތުގެ ދަރަނި އަދާކުރާން ފައިސާ ރައްކާކުރާ ފަންޑެއްގެ ގޮތުގައި އެސްޑީއެފް ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އޭރުގައި އެ ފަންޑު ގާއިމްކުރީީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ދެމެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުން މެނޭޖްކުރާ ގޮތަށެވެ. އެކަމަށް ހާއްސަ ގާނޫނެއް އޮތީ ނުހަދަ އެވެެ.
ގަވަނަރު މިއަދު އެދިވަޑައިގަތީ އެ ފަންޑް މެނޭޖްކުރާނެ ގާނޫނެއް ހަދައިދިނުމަށެވެ.
"މީގެ ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެން މިހާރު މިނަގާ ދަރަނި، އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މުސްތަގުބަލުގައި އަޅުގަނޑުމެން އެ ފައިސާ އަދާކުރާނެކަން. [އެކަމަށް] މެކޭނިޒަމެއް ރޭވިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ މެދުގައި ގަވަރުނަރު ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ. އެފަދަ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީގެ ގޮތުގައި ރާއްޖެއަށް ބޭރު ފައިސާ ލިބޭ ވަރަށް ވުރެ އިތުރަށް މަޝްރޫއުތަަކަށް ފައިސާ ހަރަދުކުރަން ބަޖެޓްކޮށްފައި ވާތީ އެކަމުން މައްސަލަތައް ކުރިމަތިވުމުގެ ކަންބޮޑުވުމެވެ. އެފަދަ ގޮތެއް ވިޔަ ނުދިނުމަށް ޓަކައި ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި ބޭރުފައިސާ ލިބޭނެ ގޮތެއް ކަށަވަރުނުކޮށް މަޝްރޫއުތައް ނުފަން ސަރުކާރަށް ބާރުއަޅަން ރައްޔިތުންގެ މަޖިލީހަށް އޭނާ ގޮވައިލެއްވި އެވެ.
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!
"ލޯނާއި ބޮންޑުގެ ސަބަބުން ރިޒާވަށް އަސަރު ކުރާނެ"
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި