11 ނޮވެމްބަރ 2020
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުގެ ދަށުން ބީއެމްއެލުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑް ރިލީފް ލޯނު މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުގެ ދަށުން ބީއެމްއެލުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑް ރިލީފް ލޯނު މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީން ވަނީ ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީއާ އެކު 20 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 364.3 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ ޓޫރިޒަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމުގެ ގޮތުން ދޭ ފަންޑެކެވެ.
މިއީ އެކްސްޓާނަލް ލެންޑިން މެންޑޭޓުގެ ދަށުން ދޫކޮށްފައިވާ ލޯނަކަށްވުމުން ޔޫރަޕިއަން ޔޫނިއަންގެ "ކޮމްޕްރިހެންސިވް ގެރެންޓީ"ގެ ދަށުން ހާއްސަ ލުއިތަކެއް ލިބޭނެ އެވެ.
މި ފަންޑުގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރާނީ 3،000 އަށް ވުރެ މަދުން މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކަށް ވެސް 15.42 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްްއެލުން ބުނި ގޮތުގައި ކޮވިޑް ރިލީފް ލޯނު ލިބޭނީ އެހެން ލޯނުތަކަށް ވުރެ ކުޑަ އިންޓަރެސްޓު ރޭޓެއްގަ އެވެ. އަދި ލޯނު ދައްކަން ދޭ މުއްދަތު ވެސް އެހެން ލޯނުތައް ދައްކަން ދޭ މުއްދަތައްވުރެ ދިގުވާނެ ކަމަށް ބޭންކުން ބުންޏެވެ. އިންޓަރެސްޓް ރޭޓާއި ލޯނު ދައްކަން ޖެހޭ މުއްދަތު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ލޯނުގެ ސަބަބުން ކޮވިޑް-19އާ ގުޅިގެން ގެއްލުން ލިބުނު ވިޔަފާރިތަކަށް އެ ގެއްލުމުން އަރައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ރަހުނަކާ ނުލައި ލިބޭ 1 މިލިއަންގެ ހައުސިން ލޯނެއް!
ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓު ފަށައިފި
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ
ބީއެމްއެލްގެ އޯވާޑިއު އިންޓަރެސްޓު ދަށްކޮށްފި
ކުދި ލޯނުތަކުގެ މައްސަލަ ނިމޭނެ ނިޒާމެއް ބޭނުން
"ހައްވަން ކޭކްސް" ބީއެމްއެލްގެ އެހީގައި ބޭކަރީއަކަށް
ހޯމް ޕާޗޭސް ލޯނު/ފައިނޭންސިންގެ މުއްދަތު އިތުރުކޮށްފި
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި
އޭޑީބީން ދިވެހި ވިޔަފާރިތަކަށް 600 މިލިއަން ރުފިޔާ