Roadha Mihaaru
"ދިވެހި މަހުގެ ބާވަތްތައް މަނާކުރި ކަމެއް ނާންގާ"

ދިވެހި މަހުގެ ބާވަތްތައް ލަންކާއިން މަނާކުރި ކަން އަންގައިފައެއް ނެތް: ފޮރިން މިނިސްޓްރީ

06 ނޮވެމްބަރ 2020

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާ އަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަން އެ ގައުމުން އަންގާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާ އަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަން އެ ގައުމުން އަންގާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާ އަށް އެތެރެކުރުން މަނާކުރި ކަމަށް ބައެއް މީޑިއާތަކުން ބުންޏަސް، ރަސްމީ ގޮތެއްގައި އެ ގައުމުގެ ސަރުކާރުން ރާއްޖެ އަށް އެކަން އަންގާފައި ނެތް ކަމަށެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރަން ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން މިދިޔަ މަހު ވެސް އެ ގައުމުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލަންކާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ލަންކާ އަށް ބައެއް ބާވަތުގެ މުދާ އިމްޕޯޓް ކުރުން އެ ގައުމުން މިދިޔަ އަހަރު ވަނީ މަނާކޮށްފަ އެވެ.