Roadha Mihaaru
ލަންކާ އަށް ރާއްޖޭން މަސް އެކްސްޕޯޓްކުރެވޭނެ

ލަންކާ އަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެކުރުން މަނައެއް ނޫން: ފޮރިން މިނިސްޓްރީ

19 ނޮވެމްބަރ 2020

މަހުގެ އުފެއްދުންތައް ސްރީ ލަންކާ އަށް އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައި އޮތަސް، ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައި ނެތް ކަމަށް އެ ގައުމުން ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަހުގެ އުފެއްދުންތައް ސްރީ ލަންކާ އަށް އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައި އޮތަސް، ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފައި ނެތް ކަމަށް އެ ގައުމުން ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ލަންކާއަށް އެތެރެކުރުން މަނާކޮށްފައި ނުވާކަން އެެ ގައުމުގެ އިދާރާތަކުން ކަށަވަރުކޮށްްދީފައިވާ ކަމަށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު އޮން ހާއްސަ ގުޅުމާއި ރަހުމަތްތެރިކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.

ލަންކާއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެނުކުރެވޭ ކަަމަށް މީޑިއާގައި އަޑު ފެތުރުމުން ފޮރިން މިނިސްޓްރީން ކުރިން ބުނީ އެގޮތަށް ހަމަޖެއްސިކަން ލަންކާ އިން ރަސްމީކޮށް އަންގާފައި ނެތް ކަަމަށެވެ. އޭރު އެގޮތަށް އަޑު ފެތުރުނީ ކޮވިޑް-19 އާ ހެދި ލަންކާގެ އިގުތިސާދު ހީނަރުވެ، އެގައުމުގެ މަސްވެރިންނަށްް ގެއްލުންވާން ފެށުމުން އެޅި ފިޔަވަޅަކާ ގުޅިގެެންނެވެ. އެގައުމުން އޭރު ނިންމީ މަހާއި މަހުގެ އުފެއްދުންތައް އިމްޕޯޓްކުރުން މެދުކަނޑައިލުމަށެވެ. އެ ނިންމުމުގައި ރާއްޖެ ނުހިމެނޭކަން އޭރު އޮތީ ކަށަވަރު ނުކުރެވި އެވެ.

ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް އެ ގައުމަށް އެތެރެކުރުމުގެ ކަންތައް އޮތް ގޮތެއް ފޮރިން މިނިސްޓްރީން ބަލަން ފެށީ އެ ވާހަކަތައް ފެތުރުމުންނެވެ،

ރާއްޖޭން ލަންކާއަށް އާއްމުގޮތެއްގައި އެކްސްޕޯޓްކުރަނީ ހިކިމަހާއި ލޮނުމަހެވެ.