Roadha Mihaaru
ލަންކާގެ ވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

ލަންކާގެ ވެރިންނާ ޝާހިދު ބައްދަލު ކުރައްވައިފި

06 ޑިސެމްބަރ 2019

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސްއާ މިނިސްޓަރު ޝާހިދު ވަކިވަކިން ބައްދަލު ކުރެއްވީ އިއްޔެ ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިއަށް ވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބައްދަލުވުމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ލަންކާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ކުރީގެ ޑިފެންސް ސެކެޓްރީ ގޮތަބަޔާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ކަން ދެއްވީ ކުރީގެ ރައީސް އަދި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސައަށެވެ.