13 ޖުލައި 2022
ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ރޭ ދަންވަރު ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވެފައިވާއިރު، އެ ކަމާ ގުޅިގެން މި ވަގުތު ދޭނެ ކޮމެންޓެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ރޭ ދަންވަރު ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވެފައިވާއިރު، އެ ކަމާ ގުޅިގެން މި ވަގުތު ދޭނެ ކޮމެންޓެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ލަންކާގެ އެއާ ފޯސްގެ ބޯޓެއްގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމާ ގުޅިގެން، ރާއްޖޭގެ ފޮރިން މިނިސްޓްރީން މީޑިއާތަކަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕްގައި، އެ މިނިސްޓްރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެ މައްސަލައިގައި ފޮރިން މިނިސްޓްރީން މި ވަގުތު ކޮމެންްޓް ނުކުރާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިތުރުން ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އެހެން އިސްވެރިއަކާ ވެސް އަދި ގުޅޭ ގޮތް ނުވާތީ ރަސްމީ ކޮމެންޓެއް ނުލިބެ އެވެ.
ގޮޓާބަޔަ، ލަންކާ ދޫކުރައްވައި ވަޑައިގަތުމާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު އަޑު އުފުލަނިކޮށް، ރާއްޖެ ވަޑައިގަތީ އެއާ ފޯސްގެ ބޯޓެއްގައި ކަމަށް ވާއިރު، އެ ދަތުރުފުޅު ހަމަޖައްސައިދިނީ ގާނޫނުއަސާސީގައި ރައީސަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ލަންކާގެ އެއާ ފޯސް އިން ފަހުން ބުންޏެވެ.
އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަށް އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް ސީއެންއެންއެން އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެން އިން ބުނެ އެވެ. އެ ކަމާ ބެހޭ ގޮތުން ނަޝީދުގެ ބަހެއް ހޯދަން ސީއެންއެން އިން ނަޝީދަށް ގުޅާފައިވާ ކަމަށް ވެސް ބުންޏެވެ.
އެކަމަކު ނަޝީދު އެ މައްސަލައިގައި އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ދިވެހި ސަރުކާރު ވެސް އޮތީ ހިމޭނުންނެވެ.
ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ގޮޓާބަޔަގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފެށުމުން މަޖުބޫރީ ހާލަތަކަށް ދިއުމުން މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމާ ދެކޮޅަށް ދިވެހިން ވެސް ދަނީ އެކިއެކި ފޯރަމުތަކުގައި އަޑުއުފުލަމުންނެވެ. ސަބަބަކީ ލަންކާގެ އެހާ ގިނަ ބަޔަކު ނުރުހުންވާ ވެރިއަކު ރާއްޖެ ވަޑައިގަންނަން ހުއްދަ ދިނުމުން ދެ ގައުމުގެ މީހުންގެ ގުޅުމަށް ކުރާނެ ނޭދެވޭ އަސަރެވެ.
ގޮޓާބަޔަ ރާއްޖެ އަށް ދަތުރުފުޅު ކުރެއްވީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވިޔަސް އޭނާ އެ ގޮތަށް ނިންމެވީ ފިއްލަވަން ނުވަތަ ހައްޔަރުކުރުމުން ސަލާމަތް ވުމަށް ކަމަށް ބެލެވެ އެވެ. ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ބޭފުޅަކު ހައްޔަރު ކުރުމަކީ ލަންކާގެ ގާނޫނު ތަންދޭ ކަމެއް ނޫނެވެ. އެހެންވެ، އެ ގައުމުގައި ހުންނަވައިގެން ރައީސްގެ މަގާމުން ގޮޓާބަޔަ މިއަދު އިސްތިއުފާ ދެއްވައިފި ނަމަ ހައްޔަރު ކުރާނެ ކަމުގެ ބިރު އޮތުމުން ރާއްޖެ ވަޑައިގަތީ ކަމަށް ލަފާކުރެވެ އެވެ.
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ލަންކާގެ ވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ޒަމީރު، ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވައިފި
ރާއްޖެ-ލަންކާ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
މަސްއޫދު، ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އަރުވައިފި
ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ލަންކާ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީއަކަށް ސީޒަން
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!